އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފެނިވަޑައިގަންނަވަނީ ދުރޫސުލް އަޚްލާގުގެ އެންމެ ކުރީގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް (ސަން ޓްރެވެލް ސިޔާމް) ވިދާޅުވެއްޖެއެވެ،

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާޙަަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައީސްގެ އެންމެ ފާހަގަކޮށްލެވޭ މިޒާޖަކީ އެމަނިކުފާނާއި ދިމާލަށް އަމިއްލަ ކެބިނެޓްގެ ބައެއް ބޭފުޅުން އެއްޗެކޭ ވިދާޅުވިޔަސް، ރުޅި އިސްކުރައްވާފައި ރައްދު ޖަވާބު ނުދެއްވުން ކަމަށެވެ. އެހެންކަމުން، އެމަނިކުފާނަކީ އަހުލާގީ މިންގަނޑުން ވަރަށް ފުރިހަމަ ބޭފުޅެއްގެ ގޮތުގައި ސިޔާމް ސިފަކުރެއްވިއެވެ.

"އަޅުގަނޑު ވަރަށް ގިނަ ރައީސުންނާއި އެއްކޮށް އުޅެފިން. އަޅުގަނޑަށް މި ރައީސުލްޖުމްހޫރިއްޔާ ފެނިގެންދިޔައީ އަހްލާގީ ގޮތުން ދުރޫސުލް އަޙްލާގުގެ އެންމެ މަތީގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި. ރުޅި އެއްގޮތަކަށްވެސް ނާންނާނެ. މީހުންނާއި ދިމާލަށް ހަޑި އެއްޗެހި ބުނަމުންނެއް ނުދާނެ. ސިޔާސީ އެކި ޕާޓީތަކުގެ މީހުން އެގޮވަމުން ދަނީ ހަމަ ހިތު ހުރި ހުރިހާ އެއްޗެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހަަމަ ކުޑަވެސް އެއްޗެއް ނުބުނުއްވާ." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިއީ ދުނިޔެއިންވެސް ފެންނަ ކަމެއް ނޫން ކަމަށެވެ. ސިޔާމް ވިދާޅުވީ މިއީ ރައީސެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފައެއް ކަމަށެވެ. ސިޔާމް ވިދާޅުވީ އޯގާތެރިކަމާއި އަޅާލުމުގެ އިތުރަށް އަހްލާގީ ސިފަތައް ރައީސް ޞާލިޙުގެ ކިބައިގައި އެބަހުރި ކަމަށެވެ. އަދި ހަމައެއާއިއެކު، އެމަނިކުފާނަކީ ރައްޔިތުންގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ އޭނާއަކީވެސް ބޮޑު ތިލަދުންމަތީގެ ދަރިއެއް ކަމަށެވެ. ބޮޑު ތިލަދުންމަތީގައި މިވަގުތު ރައީސް އަޅުއްވަމުން އެ ގެންދަވަނީ އެންމެ ބޮޑު ދެ އިންޓަނޭޝަނަލް އެއާޕޯޓް ކަމަށާއި މާފަރުގެ އެއާޕޯޓްގެ ރަންވޭ ވެލާނާ އިންޓަނޭޥޝަނަލް އެއާޕޯޓްގެ ރަންވޭއަށްވުރެ ބޮޑު ކަމަށް ސިޔާމް ފާހަގަުރެއްވިއެވެ. ހަމައެއާއިއެކު، ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން