ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އައްޑު ސިޓީއަށް ވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އައްޑުއަތޮޅު ހިތަދޫއަށް ވަޑައިގަތީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ގާސިމްގެ އަރިހުގައި އެމަނިކުފާނުގެ ރަނިންމޭޓް އަމީން އިބްރާހިމް އާއި ޖޭޕީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑަައިގަންނަވައެވެ.
އައްޑުއަށް ގާސިމް ކުރަށްވާ ދަތުރުފުޅުގައި މިރޭ ހިތަދޫގައި ހާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. މި ޖަލްސާ އޮންނާނީ ހިތަދޫގައި ހުންނަ ޖުމުހޫރީ ޕާޓީގެ އޮފީހުގަ އެވެ.
އައްޑުއަށް ފަހު މާދަމާގެ ވަގުތެއްގައި މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އޭގެފަހުން ގާސިމް ވަޑައިގަންނަވާނީ ގއ އަދި ގދ ގެ ރަށްތަކަށެވެ. އަދި ހަ ވަނަ ދުވަހު ލ. އަތޮޅަށް ގާސިމް ވަޑައިގަންނަވާނެ ކަމަށް ޖުމުހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު