ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމަވައިފިއެވެ.
ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމި ސަބަބުތައް ހާމަކުރައްވައި ކުރީގެ މިނިސްޓަރު އަޙްމަދު އިނާޒު ވިދާޅުވީ އެމަނިކުފާނަށް ތާއިދު ކުރައްވަން ނިންމެވީ ގިނަ ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ސަރުކާރެއްގައި ކެތްތެރިކަމާއި، މަޝްވަރާގެ ނަމޫނާ ދައްކަވާފައިވާތީއާއި ލާމަރުކަޒު ކުރުމަކީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓްކަން ބަހާއި އަމަލުން ދައްކަވަން ފައްޓަވާފައިވާތީ ކަމަށެވެ. އަދި ސިޔާސީ ހަތުރުންނާއި މިތުރުން ގާތުންނާއި ދުރުން ސުލްހަވެރި އެހަނަސް ވާދަވެރި ސިޔާސީ މާހައުލެއެއްގައި ރިޔާސީ ދައުރެއް ނިންމަވަމުން ގެންދަވާތީ ކަމަށް އިނާޒު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން އުނދަގޫ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމަށް ހައްލު ހޯދުމަށް ރައްޔިތުންގެ އަޑު އިއްވޭނެ މާހައުލެއް ގާއިމްކުރެވެމުން ދިޔުމަކީ ވެސް ރައީސް ސާލިޙަށް ތާއީދު ކުރައްވަން ނިންމެވި ސަބަބެއް ކަމަށް އިނާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު