އެހެން ރިޔާސީ ކެންޑިޑޭޓުންނަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހާއި އަރައި ހަމަނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބްގެ ކެމްޕޭނަށް މ. އަތޮޅުގެ ރަށްތަކަށް ރައީސް ސާލިޙު މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އަރައި ހަަމަނުކުރެވޭނެ ކަމަށެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށްވުރެ ރައީސް ސާލިޙު މިހާރު ވެސް ހުންނެވީ މާކުރީގައި ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މ.އަތޮޅުން މިފަހަރު ރައީސް 60 އިންސައްތަ ވޯޓް ހޯއްދަވާނެ ކަމަށާއި އެކަމާއި މެދު ޝައްކު ނުކުރަށްވާ ކަމަށެވެ. އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މ.އަތޮޅުގެ ރައްޔިތުންގެ ހިތްތައް ހުޅުވާދެއްވާފައި ކަމަށެވެ.
"ރައީސް ތި ހުންނެވީ މާކުރިއަށް ވަޑައިގެންފައި، އަޅުގަނޑުމެން ކުރަން އޮތްކަމަކީ ކުރީގައި މި އޮތްވަރު ހިފަހައްޓަވާލަންވީ، ވަރަށް ކުރީގައި މިތިބީ، އަޅުގަނޑުމެން ކުޑައިރު ވާ ދަމާ އިރުގައި މުސްކުޅިން ބުނެ އުޅޭނެ ދެން އޮންނަ އަނެއް ކޮޅުގައި ހިފާ ދަމާލުމުގެ ކުރިން ރިޔަނެއްވަރު ދަމާލައިގެން ތިބޭށޭ. ރައީސް ތި ހުންނެވީ ތިން ރިޔަން ދަމާލައްވައިގެން. މިވަރަަށް ހިފަހައްޓާލައްވާ، ފަހަތުން އަރައި ވާހަކައެއް ދައްކާނެ، ވާދައެއް ކޮށްލާނެ، ވައުދެއް ފުއްދޭނެ ވައުދު ކުރާނެ ގޮތެއް އެނގޭނެ ބަޔަކު ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެ،" މ. ކޮޅުފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ތަރައްގީގެ ވާހަކަ ދެއްކޭނީ އެންމެ ފުރަތަމަ ރައްޔިތުން ގައިން ތާހިރުވެ ތިބެގެން ކަމަށެެވެ. އެގޮތުން މުޅި ރާއްޖޭގައި ސަރުކާރުން ފެނާ ނަރުދަމާ ނިޒާމް ގާއިމްކުރަނީ އެ ބޭނުމުގައި ކަމަށާއި، މިއަހަރު ނިމޭއިރު ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ރާއްޖޭގެ 187 ރަށުގެ ތެރެއިން 140 ރަށުގައި އެއް ފަހަރާއި ފެނުގެ މަޝްރޫއު ހިންގުމަކީ މިއީ އާދައިގެ ވާހަކަ އެއް ނޫން، މިއީ ބޮޑުކަމެއްގެ ވާހަކަ ބޮޑު ޕްލޭނެއްްގެ ވާހަކަ. ކުޑަކޮށް މަޑުޖެހިލާފަައި ހުރީމަ ކޮވިޑާއެކުގައި ލަސްވެފައި ހުރީމަ އެވާގޮތް އަޅުގަނޑުމެންނަށް ވެސް އެބަފެނޭ، އަދި ބައެއް ފަހަރަށް ދެވިފައި ހުރި ކޮންޓެކްޓަރުން ގަސްތުގައި ކުޑަކޮށް ފަހަތަށް ދަމާލާތަން ވެސް އެބަ ފެނޭ. ހިޔާލު ބަދަލުވެލީމަ، މި ހުރިހާ އެއްޗަކާއި ގޮސް މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން. އޭރުން ތަރައްގީ އާއި ހަމަޔަށް ދެވޭނީ،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މުޅި އެމްޑީޕީ ކޯލިޝަން އޮތީ ރައީސްގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ މ.މުލަކުގައި
— MDP Secretariat (@MDPSecretariat) July 15, 2023
ކުރިއަށް ދަނީ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ރައީސް @ibusolih މުލަކު ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/dQmjps6uoG
"ރައީސް ތި ހުންނެވީ މާކުރިއަށް ވަޑައިގެންފައި، އަޅުގަނޑުމެން ކުރަން އޮތްކަމަކީ ކުރީގައި މި އޮތްވަރު ހިފަހައްޓަވާލަންވީ، ވަރަށް ކުރީގައި މިތިބީ، އަޅުގަނޑުމެން ކުޑައިރު ވާ ދަމާ އިރުގައި މުސްކުޅިން ބުނެ އުޅޭނެ ދެން އޮންނަ އަނެއް ކޮޅުގައި ހިފާ ދަމާލުމުގެ ކުރިން ރިޔަނެއްވަރު ދަމާލައިގެން ތިބޭށޭ. ރައީސް ތި ހުންނެވީ ތިން ރިޔަން ދަމާލައްވައިގެން. މިވަރަަށް ހިފަހައްޓާލައްވާ، ފަހަތުން އަރައި ވާހަކައެއް ދައްކާނެ، ވާދައެއް ކޮށްލާނެ، ވައުދެއް ފުއްދޭނެ ވައުދު ކުރާނެ ގޮތެއް އެނގޭނެ ބަޔަކު ނެތޭ ބުނުމަކީ ގޯހަކަށް ނުވާނެ،" މ. ކޮޅުފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުން އިމްރާން ވިދާޅުވީ ތަރައްގީގެ ވާހަކަ ދެއްކޭނީ އެންމެ ފުރަތަމަ ރައްޔިތުން ގައިން ތާހިރުވެ ތިބެގެން ކަމަށެެވެ. އެގޮތުން މުޅި ރާއްޖޭގައި ސަރުކާރުން ފެނާ ނަރުދަމާ ނިޒާމް ގާއިމްކުރަނީ އެ ބޭނުމުގައި ކަމަށާއި، މިއަހަރު ނިމޭއިރު ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
"ރާއްޖޭގެ 187 ރަށުގެ ތެރެއިން 140 ރަށުގައި އެއް ފަހަރާއި ފެނުގެ މަޝްރޫއު ހިންގުމަކީ މިއީ އާދައިގެ ވާހަކަ އެއް ނޫން، މިއީ ބޮޑުކަމެއްގެ ވާހަކަ ބޮޑު ޕްލޭނެއްްގެ ވާހަކަ. ކުޑަކޮށް މަޑުޖެހިލާފަައި ހުރީމަ ކޮވިޑާއެކުގައި ލަސްވެފައި ހުރީމަ އެވާގޮތް އަޅުގަނޑުމެންނަށް ވެސް އެބަފެނޭ، އަދި ބައެއް ފަހަރަށް ދެވިފައި ހުރި ކޮންޓެކްޓަރުން ގަސްތުގައި ކުޑަކޮށް ފަހަތަށް ދަމާލާތަން ވެސް އެބަ ފެނޭ. ހިޔާލު ބަދަލުވެލީމަ، މި ހުރިހާ އެއްޗަކާއި ގޮސް މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން ތިބޭނީ ގައިން ތާހިރުވެގެން. އޭރުން ތަރައްގީ އާއި ހަމަޔަށް ދެވޭނީ،" އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މުޅި އެމްޑީޕީ ކޯލިޝަން އޮތީ ރައީސްގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު