މާލެ އަތޮޅުގެ ރަށްތަކަށް ޖުމްހޫރީ ޕާޓީން ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން މިއަދު ތުލުސްދޫއަށް ކުރި ޒިޔާރަތުން އެ ރަށުން ބޮޑު ތާޢީދެއް ޖުމްހޫރީ ޕާޓީއަށް އޮތްކަން ހާމަވެގެންގޮސްފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ރިޔާސީ އިންތިހާބަށް ތާއިދު ހޯދުމަށް ޖޭޕީން ކުރިއަށްގެންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ތުލުސްދޫ ޖޭޕީގެ ޓީމު ދިއުމުން އެރަށުގެ ޒުވާނުންނާއި އާއްމު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތުލުސްދޫއަށް ޒިޔާރަތްކުރި ޖޭޕީގެ ޓީމުގައި އިސްކޮށް ހުންނެވީ ޕާޓީގެ ތަރުޖަމާން އަބްދުﷲ އަމީންއެވެ. އޭނާގެ އިތުރުން އުތުރު ކެމްޕެއިންގެ ޑެޕިއުޓީ މެނޭޖަރ ހުސައިން ޝަހުދީ އާއި ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު އަދި ސްޕެޝަލް އެޑްވައިޒަރ އަބްދުﷲ ނަވާޒްވެސް މި ދަތުރުގައި ބައިވެރިވިއެވެ.





ކ.އަތޮޅަށް ޖޭޕީއިން ކުފަމުންދާ ދަރުރުގައި މިއަދު ވަނީ ތުލުސްދޫގެ އިތުރުން ދިއްފުށްޓަށް ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން މިޓީމުން އިއްޔެ ހަވީރު ކާށިދުއަށް ޒިޔާރަތްކޮށް އެރަށުވައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޖޭޕީން ބުނެއެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ބައްދަލުވުމެއް އެ ރަށުގައި ރޭ ވަނީ ބާއްވާފައެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުން ގަބޫކުރާ ގޮތުގައި މިރަށްރަށުން ފެންނަ މަންޒަރުތަކަށް ބަލާއިރު ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގަސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރެވޭނެއެވެ.

‏މާލެ އަތޮޅުގެ އިތުރުން ޖުމްހޫރީ ޕާޓީން ދަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު