މުލަކު މަސްވެރިން އެދުނުގޮތަށް އެ ސަރަހައްދުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވައިދޭނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް މ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުލަކުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ މުލަކުގައި ހަދަމުންދާ މިފްކޯގެ މަސް ކަލެކްޓިންގ ސެންޓަރުގެ މަސައްކަތް ނިމުމުގެ ކުރިން އެރަށާއ ކައިރިން މަސްކިރޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމަށް މުލަކު މަސްވެރިން އެދިފައިވާކަމަށެވެ. އަދި މުލަކުގެ މަސްވެރިން ބޭނުންވާ ގޮތަށް އެކަން ކޮށްދެއްވާނޭކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލަކު މަސްވެރިންނަށް މަސް ކިރޭނެ ގޮތަށް މިފްކޯގެ ބޯޓެއް އެ ސަރަހައްދުގައި ބާއްވާނެކަމަށެވެ.
"މަސްވެރިން އެދުނު ފަދައިން މަސް ކަލެކްޓިންގ ބޯޓެއް ބާއްވާނަން. މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރޭން 1 ބޯޓު ބާއްވާނީ މި ސަރަހައްދުގައި" ރައީސް ވިދާޅުވިއެވެ.
މިފްކޯގެ ބޯޓެއްގެ އިތުރުން، މުލަކުގައި އޭޓީއެމްއެއްވެސް ވަރަށް އަވަހަށް ބަހައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކޭ އެއްގޮތަށް މުލަކުގައިވެސް ތަރައްގީގެ މަސައްކަތްތައް ހިނގަމުންދާކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ލަސްވި ނަމަވެސް، އެ މަސައްކަތްތައްވެސް އަވަސްކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

#HappeningNow M.Mulaku #Ibu2023 Campaign Jalsaa. #UfaaveriAmaanRaajje pic.twitter.com/Iee4YzLuuJ
— Amna Shath (SHATHS) (@AmnaShath) July 15, 2023
"މަސްވެރިން އެދުނު ފަދައިން މަސް ކަލެކްޓިންގ ބޯޓެއް ބާއްވާނަން. މިފްކޯއަށް ގެންނަ 3 ބޯޓުގެ ތެރޭން 1 ބޯޓު ބާއްވާނީ މި ސަރަހައްދުގައި" ރައީސް ވިދާޅުވިއެވެ.
މިފްކޯގެ ބޯޓެއްގެ އިތުރުން، މުލަކުގައި އޭޓީއެމްއެއްވެސް ވަރަށް އަވަހަށް ބަހައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ މަގުތައް ހެދުމުގެ މަސައްކަތާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކޭ އެއްގޮތަށް މުލަކުގައިވެސް ތަރައްގީގެ މަސައްކަތްތައް ހިނގަމުންދާކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ލަސްވި ނަމަވެސް، އެ މަސައްކަތްތައްވެސް އަވަސްކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު