މިއަހަރު ރާއްޖެ ޒިޔާރަތްކުރާ 1 މިލިއަންވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެ ޒިޔާރަތްކުރާ 1 މިލިއަން ވަނަ ފަތުރުވެރިޔާ އަންނާނެކަމަށް ލަފާކުރެވެނީ މާދަމާގެ މެންދުރެއްހާއިރުކަމަށެވެ. އަދި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއަރޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައީ އޮގަސްޓް 12 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަހަރު އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވަނީ މިދިޔައަހަރަށްވުރެ މާ އަވަހަށެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް އެއަރޕޯޓުގައި ބާއްވައެވެ.

ރާއްޖެއިން މިއަހަރު ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ހަމަކޮށްފައިވާއިރު، ބާކީ އޮތް 6 މަސް ދުވަހުގެ ތެރޭގައި 9 ލައްކަ ފަތުރުވެރިން ގެނައުމަކީ ރާއްޖެއަށް އުނދަގޫަކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން އަހަރުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެތައް ގުނައެއް އިތުރުވުމަކީވެސް މި އަމާޒަށް ވާސިލުވުމަށް މަގުފަހިވާނޭކަމެއްކަމަށް ސަރުކާރުން ދެކެއެވެ.



ކިޔުންތެރިންގެ ހިޔާލު