މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ ބޮޑު ބަދަލާއެކު އިޤްތިޞާދާއި އާމްދަނީ ދެގުނަ ބޮޑުވެގެންދާނެކަމަށް ރައީސުލްޖުމްހޫެރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މ. މުލީގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން މިިދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ޒަމާނީ ޑިމޮކްރަސީގެ ސިފަތައް ރާއްޖޭގައި އަށަގަންނަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.
އެމްޑީޕީން މިއަދު ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބަށް ނިކުމެގެން އުޅޭއިރު، ކޯލިޝަންގެ ހުރިހާ ބައިވެރިންވެސް ބޭނުންވަނީ ރާއްޖެ ތަރައްޤީކޮށް، ރައްޔިތުން ބޭނުންވާ ހިދުަމަތްތައް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުުރުގައި ތަރައްގީގެ އައު މަސައްކަތްތަކެއް ސަރުކާރުން ފަށާނެކަމަށާއި، ސަރުކާރުން ބޭނުންވަނީ ގެނެވުނު އަމާންކަމާއެކު ކުރިއަށްދާންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީ ގެނައުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާނެ ގޮތަކާމެދު ގޮތް ނިންމާނީ ދިވެހި ރައްޔިތުންކަމަށެވެ.
"ވޯޓްލާއިރު ވިސްނަންވީ ހަމަނުޖެހުމާއި ބިރުވެރިކަމަށްދާނީތޯ ނުވަތަ ހަމަޖެހުމާއި ތަރައްޤީއާއެކު ކުރިއަށްދާނީތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މުޅި ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދާއި ދައުލަތަށް ލިބޭ އާމްދަނީ ދެ ގުނަ ބޮޑުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރައްތިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތް ދިނުމުގެ ތަނަވަސްކަން ސަރުކާރުގެ ކިބައިގައި އިތުުރުވެގެންދާނެކަންވެސް ރައީސް ފާހަގަކުުރެއްވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން މ އަތޮޅަކީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮތް ދާއިރާއެއްނަމަވެސް އެކަން މަޑުމަޑުން ބަދަލުވެ، މ. އަތޮޅުން އެމްޑީޕީއަށް ބޮޑުު އަޣުލަބިއްޔަތެއް ލިބޭނެކަމަށް ޔަގީންކުރަައްވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު