މ. އަތޮޅު މުލީގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ނިންމައި، މިއަހަރު ފްލައިޓް ދަތުރުތައް ފަށާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް މ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ މީގެކުރިން އެ ރަށަށް ވަޑައިގަތުމުން ހުށަަހެޅީ ރަށަށް ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ކަންކަންކަމަށާއި، އެގޮތުން މުލީ އެއަރޕޯޓާއި ސިއްހީ މަރުކަޒާއި އެހެނިހެން ކަންކަން ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑާއި ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރެއިންވެސް ސަރުކާރުން މަސައްކަތްކުރަމުންދިޔައީ ތަރައްޤީގެ މަސައްކަތްތައް ހުއްޓުނަ ނުދީ ކުރިއަށްގެންދިއުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުލި ހިމޭނެ ދާއިރާއަށްޗެސް ބޮޑެތި ހަރަދުތަކެއްކޮށް، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މުލީ އެއަރޕޯޓްގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާއިރު، މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.
"މިއަހަރު ނިމުމުގެ ކުރިން މުލީ އެއަރޕޯޓް ނިންމައި، ފްލައިޓް ޖެއްސުމަކީ އަމާޒެއް" ރައީސް ވިދާޅުވިއެވެ.
މުލީގެ ފެނުގެ ހިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ނިމިގެންދިޔައިރު، އައު ހޮސްޕިޓަލްގެ މަސައްކަތް އޮތީ ޓެންޑަރުގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި މުލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މުލީގައި ރިހެބިލިޓޭޝަން ސެންޓަރެއްވެސް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން މ. މުލި ރަށު ޖަލްސާގައި ރައީސް އިބޫ ވާހަކަފުޅުދެއްކެވުން ފެށިގެން ކުރިއަށް ދަނީ.
— Hussain Shafiu #Ibu2023 (@charly_thuthu) July 15, 2023
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/533tzIsWxR
މުލީގެ ފެނުގެ ހިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ނިމިގެންދިޔައިރު، އައު ހޮސްޕިޓަލްގެ މަސައްކަތް އޮތީ ޓެންޑަރުގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި މުލީގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މުލީގައި ރިހެބިލިޓޭޝަން ސެންޓަރެއްވެސް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު