ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މުވައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވައިފައިވާ މިންވަރު މިއަދު ހަދާނަށް ގެންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މ. ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ މުވައްސަސާތަކުގައި އޮތީ ސިޔާސީ ނުފޫޒު ކަމަށެވެ. އެގޮތުން 2013 އިން 2018 ވަނަ އަހަރާއި ދެމެދު ރާއްޖޭގައި ހުރި މުވައްސަސާތަަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު ކޮންމެ ރައްޔިތަކަށް އެނގޭނެ ކަމަށާއި އެކަން މިއަދު ހަނދާނަށް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމައެކަނި ފުލުހުންގެ މުވައްސަސާއަށް ބެއްލެވިޔަސް، ފަސް ޕޮލިސް ކޮމިޝަަނަރުން ބަދަލުވެގެން ދިޔަ، އަހަރަކަށް މީހަކު، ތަނެއް ހިނގާނީ ކިހިނެއްތޯ، ސިޔާސީ ބޭނުމެއްގައި ވަކި މީހަކާއި ދޭތެރޭގައި ވަކި ކަމެއް ކުރަން ބުނީމަ ނުކުރުމުން، ގެއަށް. ދެން ހުންނަ މީހާ ލަނީ، މިގޮތުން އެބަ ހުރި 7 ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރުން ބަދަލުވެފައި،" ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ހާމަކުރަށްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފުލުހުންގެ މުވައްސަސާއަކީ ތައުލީމީ، އަދި އެކަމުގެ ހުނަރު ހޯދައިގެން ތިބި މީހުން މަސައްކަތްކުރާ މުވައްސަސާއެއް ކަމަށެވެ. އެހެން ނަމަވެސް ފުރުސަތެއް ނުލިބުނު ކަމަށާއި، މުޅި ފުލުހުންގެ ތެރޭގައި އޭރު އޮތީ ސިޔާސީ ބާރާއި ނުފޫޒު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ފުލުހުންގެ މުވައްސަސާ އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުން ކަަމަށެވެ. އަދި މިއަދު އެ މަންޒަރު ފެންނަމުންދާ ކަަމަށާއި ފުލުހުންގެ ތެރޭގައި އޭރު އޮތް ސިޔާސީ ނުފޫޒު މިއަދު ނެތް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ވަނީ މި ސަރުކާރުން ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވާ ކަން ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު