ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްސަމީއު ބުނެފިއެވެ.

ދިވެހިންގެ ތެރޭގައި މަގްބޫލް ފަންނާނެއް ކަމަށްވާ ސަމީއު އާއި އޭނާގެ ޓީމު މިއަދު ވަނީ ރައީސް ސާލިހުއާ ބައްދަލުކޮށްފައެވެ.

ރައީސް ސާލިހާއި ބައްދަލުކުރުމަށްފަހު ސަމީއު ބުނީ ލަވަކިޔުންތެރިންނާއި ފަންނާނުންގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި ރައީސް ދެއްވީ ވަރަށް އުއްމީދީ ޖަވާބެއްކަމަށްވެސް ސަމީއު ބުންޏެވެ.

ސަމީއު ބުނީ އޭނާއާ އޭނާގެ ޓީމު އޮތީ ރައީސް ސާލީހަށް ފުރިހަމައަށް ތާއީދުކޮށްގެންކަމަށެވެ. އަދި ރައީސް ސާލީހު ހޮވުމަށްޓަކައި ފުރިހަމައަށް މަސައްކަތް ކުރުމަށް ތައްޔާރަށް ހުރިކަމަށްވެސް ސަމީއު ބުންޏެވެ.

ސަމީއުގެ އިތުރުންވެސް ގިނަ ފަންނާނުންތަކެއް ދަނީ ރައީސް ސާލީހަށް ތާއީދު އޮތްކަން ހާމަކުރަމުންނެވެ. އޭގެތެރޭގައި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނާނުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު