ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރާ ދަތުރުތަކުން އެ ޕާޓީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ހޯދުމަށް ޖޭޕީގެ ޓީމެއް ވަނީ ގާފަރު އަދި ކާށިދޫއަށް ކެމްޕެއިން ދަތުރެއް މިއަދު ފަށާފައެވެ. މި ޓީމުގައި އިސްކޮށް ހަރަކާތްތެެރިވަނީ ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ.
ޖޭޕީގެ ޓީމުތައް ގާފަރަށް އަދި ކާށިދޫއަށް ދިއުމުން އެ ދެ ރަށުންވެސް ވަނީ އެ ޓީމުތަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ދަތުރުގައި ޖޭޕީގެ ޓީމު ވަނީ ގާފަރު އަދި ކާށިދޫގައި ހަރަކާތްތެރިވާ ޖެޕީގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކޮށް، ކެމްޕެއިނާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ރަށްރަށުން ޖޭޕީޢަށް ތާއީދު ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ދަތުރުގައި ޖޭޕީގެ ޓީމުތަކުން ވަނީ ކާށިދޫ އަދި ގާފަރުގެ ކަމުއޮށިގެންވާ ފަރާތްތަކާއި، އިސް ރަށްވެހިންނާއި އަންހެނުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ ޝުއޫރުތަކާއި އިހުސާސްތައް ޖޭޕީގެ ޓީމާއި ވަނީ ހިއްސާކޮށްފައެވެ. އަދި އެ އެ ދެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް އެ ޓީމުތަކުން ދިނެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރަމުންނެވެ. އަދި އެ ދަތުރުތަކުގެ ތެރެއިން ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ޖޭޕީން ފާހަގަކުރެއެވެ.

ޖެޕީ @JPSecretariat ގެޓީމް ކ. ގާފަރަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދެންނެވި.
— Qasim2023 (@qasim2023mv) July 14, 2023
ރިޔަސީ އިންތިޚާބުގެ ކެމްޕެއިނަށް ޓީމް ގާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން #Qasim2023 pic.twitter.com/v3moyuud52
މި ދަތުރުގައި ޖޭޕީގެ ޓީމު ވަނީ ގާފަރު އަދި ކާށިދޫގައި ހަރަކާތްތެރިވާ ޖެޕީގެ ކެމްޕެއިން ޓީމުތަކާއި ބައްދަލުކޮށް، ކެމްޕެއިނާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. އަދި އެ ރަށްރަށުން ޖޭޕީޢަށް ތާއީދު ހޯދުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ދަތުރުގައި ޖޭޕީގެ ޓީމުތަކުން ވަނީ ކާށިދޫ އަދި ގާފަރުގެ ކަމުއޮށިގެންވާ ފަރާތްތަކާއި، އިސް ރަށްވެހިންނާއި އަންހެނުންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އެ ބޭފުޅުންގެ ޝުއޫރުތަކާއި އިހުސާސްތައް ޖޭޕީގެ ޓީމާއި ވަނީ ހިއްސާކޮށްފައެވެ. އަދި އެ އެ ދެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް އެ ޓީމުތަކުން ދިނެވެ.
ޖުމްހޫރީ ޕާޓީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރަމުންނެވެ. އަދި އެ ދަތުރުތަކުގެ ތެރެއިން ޕާޓީއަށް އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ޖޭޕީން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު