ކެމްޕެއިންގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ފެނިވަޑައިގަންނަވަމުންދަނީ އުފާވެރި އަމާން ރާއްޖެއަށް ރައްޔިތުން ދާން ބޭނުންވެފައި ތިބި މިންވަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މާފުށީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ރާއްޖޭގައި އަމާން މާހައުލެއް ޤާއިމްކުރެއްވުމުފެ މަސައްކަތްކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ޤައުމުގައި ހަމަޖެހުމާއި އަމާންކަން ޤާއިމްކުރެއްވުމާއެކު ތަރައްްޤީއާއި ކުރިއެރުން ގެނައުމަށްކުރާ މަސައްކަތް ކާމިޔާބުވެގެންދިޔައީ ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބިވަޑައިގަތުމުން ކަމަށެވެ.
"މި ރަށްތަކުގައި ގެސްޓް ހައުސްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ ރާއްޖޭގައި މިހާރު މިއޮތް ހަމަޖެހުމުގެ ސަބަބުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާފުއްޓަށް ވަޑައިގަތުމުން ފެނިވަޑައިގަތީ އުފާވެރި އަމާން ރާއްޖެއާއެކު ކުރިއަށްދިއުމަށް ތައްޔާރަށް އޮތް މަންޒަރުކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަން ޤާއިމްކޮށްެދެއްވަންޖެހޭނެކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެ ގެންދަނީ ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ބަނދަރުރައް ތަރައްްޤީކުރަމުންކަމަށާއި އެކަންކަމުގެ ސަބަބުން އިޤްތިޞާދީ ތަރައްޤީވެސް ރަށްތަކަށް ލިބެމުންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާކަމަށާއި، އަދި ވެރިކަމަށް ވަޑައިގެންނެވިއިރު ހުށަހެޅުއްވި ވައުދުތަކުގެ 90 އިންސައްތަ ވައުދު ފުއްދާފައިވާކަމަށެވެ. އަދި މާފުއްޓަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ވާހަކަފުޅު ދެެއްކެވުން.
— MDP Secretariat (@MDPSecretariat) July 13, 2023
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ ކ.މާފުށީގައި ކުރިއަށް ދަނީ.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/yYTY7p2yiD
ރައީސް ވިދާޅުވީ މާފުއްޓަށް ވަޑައިގަތުމުން ފެނިވަޑައިގަތީ އުފާވެރި އަމާން ރާއްޖެއާއެކު ކުރިއަށްދިއުމަށް ތައްޔާރަށް އޮތް މަންޒަރުކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދަން ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ކަންކަން ޤާއިމްކޮށްެދެއްވަންޖެހޭނެކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެ ގެންދަނީ ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ބަނދަރުރައް ތަރައްްޤީކުރަމުންކަމަށާއި އެކަންކަމުގެ ސަބަބުން އިޤްތިޞާދީ ތަރައްޤީވެސް ރަށްތަކަށް ލިބެމުންދާނޭކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ދަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާކަމަށާއި، އަދި ވެރިކަމަށް ވަޑައިގެންނެވިއިރު ހުށަހެޅުއްވި ވައުދުތަކުގެ 90 އިންސައްތަ ވައުދު ފުއްދާފައިވާކަމަށެވެ. އަދި މާފުއްޓަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު