ކުންނާރު ކޮތަޅު ހިފައިގެން ރަށު ކައުންސިލްގެ ބަޖެޓް ހޯދަން އާދޭސްކުރަން މާލެ ދަތުރުކުރި ޒަމާން ނިމުމަކަށް ގެނެސްދެއްވީ ރައީސް ސާލިހުކަމަށް މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް އެމްޑީޕީން މާފުށީގައި މިިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ސަލާހް ވިދާޅުވީ ރައީސް ސާލިހު ގެންނެވި އިސްލާހީ ބަދަލުތަކުގެ ތެރެއިން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާކަމަށެވެ. އެގޮތުން ލިބުނު ބާރުތަކުގެ ސަބަބުން ކަންކަން ކުރަންޖެހުމުން މާލެއަށް ހުއްދަ ހޯދަން ނުވަތަ ބަޖެޓް ހޯދަން ދިއުން ނިމުމަކަށް އައިސްފައިވާކަމަށެވެ.
ސަލާހް ވިދާޅުވީ މީގެކުރިން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދޭންޖެހުނަސް މާލެއަށް އެލްޖީއޭގައި އާދޭސްކޮށްގެން ނޫނީ އެކަން ނުވާކަމަށެވެ. ނަމަވެސް މިއަދު އެ ހުރިހާ ކަމެއް ބަދަލުުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ކުންނާރު ކޮތަޅު ހިފައިގެން އެލްޖީއޭއަށް ބަޖެޓް ހޯދަން ދިއުން ނިމުމަކަށް ގެންނެވީ ރައީސް ސާލިހު" މާފުށި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސަލާހް ވިދާޅުވީ ކައުންސިލްތަކަށް ލިބުނު ބާރާއެކު މިއަދު މާފުށި ކައުންސިލްގެ ބަޖެޓްވެސް އެތައް ގުނައެއް ބޮޑުވެފައިވާކަމަށެވެ. އަދި ބަޖެޓް ބޮޑުވީ ކައުންސިލްތަކަށް އަމްދަނީ ލިބޭނެ ގޮތްތައް ޤާނޫނުން މަގުފަހިވެފައި އޮތުމުންކަމަށާއި،، އެ ބަދަލުތައް ގެންނަން ކެރުނު ވެރިޔަކީ ރައީސް ސާލިހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކުރިން 6 މިލިއަން ރުފިޔާގެ ބަޖެޓެއް. މިހާރު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބަޖެޓެއް" ސަލާހް ވިދާޅުވިއެވެ.
ސަލާހް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށްވެސް ރައީސް ސާލިހު ވެރިކަމަށް އިންތިހާބު ކުރަންޖެހޭކަމަށާއި، އެއާއެކު މާފުއްޓަށް އިތުރު ކުރިއެރުން ލިބި، މާފުށި ހުރީހާ ރައްޔިތުންގެ އާމްދަނީވެސް އިތުުރުވެގެންދާނެކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ ކ.މާފުށީގައި
— MDP Secretariat (@MDPSecretariat) July 13, 2023
ކުރިއަށް ދަނީ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އަށް ރައީސް @ibusolih މާލެ އަތޮޅު ގުޅި، ގުރައިދޫ އަދި މާފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/CsMGuvccIm
ސަލާހް ވިދާޅުވީ ކައުންސިލްތަކަށް ލިބުނު ބާރާއެކު މިއަދު މާފުށި ކައުންސިލްގެ ބަޖެޓްވެސް އެތައް ގުނައެއް ބޮޑުވެފައިވާކަމަށެވެ. އަދި ބަޖެޓް ބޮޑުވީ ކައުންސިލްތަކަށް އަމްދަނީ ލިބޭނެ ގޮތްތައް ޤާނޫނުން މަގުފަހިވެފައި އޮތުމުންކަމަށާއި،، އެ ބަދަލުތައް ގެންނަން ކެރުނު ވެރިޔަކީ ރައީސް ސާލިހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ކުރިން 6 މިލިއަން ރުފިޔާގެ ބަޖެޓެއް. މިހާރު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބަޖެޓެއް" ސަލާހް ވިދާޅުވިއެވެ.
ސަލާހް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށްވެސް ރައީސް ސާލިހު ވެރިކަމަށް އިންތިހާބު ކުރަންޖެހޭކަމަށާއި، އެއާއެކު މާފުއްޓަށް އިތުރު ކުރިއެރުން ލިބި، މާފުށި ހުރީހާ ރައްޔިތުންގެ އާމްދަނީވެސް އިތުުރުވެގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު