ލާދީނީ ފިކުރު އެމްޑީޕީން ނެތިދިއުމާއެކު އެމްޑީޕީއަށާއި ސަރުކާރަށް ލިބޭ ތާއީދު އިތުރުވެގެންގޮސްފައިވާކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯއްދެވުމަށް މާލެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މާފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ މީގެކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުންގެ ދީނަށް ކާމެހިތުން ކުޑަކުރުމުގެ އަމަލުތައް ފެންނަމުންދިޔަކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ސާލިހުގެ ފަރާތުން އެފަދަ ކަމެއް ފެނިގެންނުދާކަން ސިޔާމް ފާޙަގަކުރެއްވިއެވެ.
ސިޔާމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިއަދު ލާދިނީ ފިކުރެއް ނެތްކަމަށާއި، އެއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި ކެމްޕެއިންގައި ވަޑައިގަންނަވާ ރަށްތަކުން ދިމާވާ ރައްޔިތުންގެ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވާކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
"ލާދީނީ ފިކުރު އެމްޑީޕީގެ ތެރޭގައި ނެތުމަކީ މިއަދު ރައްޔިތުން އެމްޑީޕީ ބަަލައިގަންނަ މިންވަރު އިތުރުވަމުންދާ ސަބަބެއް" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ސާލިހަކީ ވެވަޑައިގެންނަވާ ވައުދު ފުއްދުމުގައި ނަމޫނާ ވެރިއެއްކަމަށާއި، އެމަނިކުފާނު ފަދައިން ރާއްޖެއަށް ތަރައްްޤީ ގެނެސްދެއްވި ވެރިޔަކު ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި އެއީ އެމަނިކުފާނު ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ހާސިލުކުރެއްވި ކާމިޔާބީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާމް ސިފަކުރެއްވި ގޮތުގައި ރައީސް ސާލިހަކީ "ބަސް މަދު، އަމަލު ގިނަ ބޭފުޅެއް"އެވެ.

އެމްޑީއޭގެ ރައީސް އެމްޕީ @Sun_Siyam ގެ ވާހަކަފުޅު ދެެއްކެވުން.
— MDP Secretariat (@MDPSecretariat) July 13, 2023
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާ ކ.މާފުށީގައި ކުރިއަށް ދަނީ.
#Ibu2023
#VoteMDP
#UfaaveriAmaanRaajje pic.twitter.com/38wohEcYZl
ސިޔާމް ވިދާޅުވީ ރައީސް ސާލިހަކީ ވެވަޑައިގެންނަވާ ވައުދު ފުއްދުމުގައި ނަމޫނާ ވެރިއެއްކަމަށާއި، އެމަނިކުފާނު ފަދައިން ރާއްޖެއަށް ތަރައްްޤީ ގެނެސްދެއްވި ވެރިޔަކު ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި އެއީ އެމަނިކުފާނު ކެތްތެރިކަމާއި މަޑުމައިތިރިކަމުގެ ސަބަބުން ހާސިލުކުރެއްވި ކާމިޔާބީއެއްކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާމް ސިފަކުރެއްވި ގޮތުގައި ރައީސް ސާލިހަކީ "ބަސް މަދު، އަމަލު ގިނަ ބޭފުޅެއް"އެވެ.
ކިޔުންތެރިންގެ ހިޔާލު