ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަން ކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ, ޝެއިހް އިލްޔާސް ޖަމާލް އެމްޑީއޭއަށް ސޮއިކުރަށްވައިފިއެވެ.
އަދާލަތު ޕާޓީގެ މެމްބަރަކަށް ހުންނެވި ޝައިޙް އިލްޔާސް ޖަމާލް، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް ސޮއިކުރެއްވީ މިއަދުއެވެ.
އިލްޔާސް ވިދާޅުވީ އެމްޑީއޭއަށް ސޮއިކުރަން ނިންމީ، ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ޚިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ދެއްވި ދަޢުވަތަކަށް ކަމަށެވެ.
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް ދެއްވި ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް އެޕާޓީއާ ގުޅުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
ޝެއިޙް އިލްޔާސް ޖަމާލު މީގެ ކުރިން ވަނީ، މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކްރެޓަރީކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަންވެސް ކުރައްވާފައެވެ.

އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އަޅުގަޑު ގެ ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް އަޅުގަޑުމެންނާއި ގުޅުމަކީ އަޅުގަޑާ ޕާޓީގެ… pic.twitter.com/8xFIA8FGXA
— Ahmed Siyam Mohamed, MP (@Sun_Siyam) July 12, 2023
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް ދެއްވި ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް އެޕާޓީއާ ގުޅުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
ޝެއިޙް އިލްޔާސް ޖަމާލު މީގެ ކުރިން ވަނީ، މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކްރެޓަރީކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަރު ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަންވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު