2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް އަޣުލަބިއްޔަތު ލިބުނު މ.އަތޮޅުގެ އަޣުލަބިއްޔަތު މިފަހަރުގެ އިންތިހާބުގައި ލިބޭނީ އެމްޑީޕީއަށްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިންނެވެ.
މ.އަތޮޅުގެ ރަށްތަކުގައި އެމްޑީޕީން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން މަހްލޫފް ވަނީ މ.އަތޮޅު ވޭވަށް، މުލި، މުލަކު، ނާލާފުށި، ކޮޅުފުށި، ދިއްގަރު، ރަތްމަންދޫ އަދި މަޑުއްވަރީއަށް ޒިޔާރަތްކުރައްވާފައެވެ.
މި ދަތުރުގައި މަހްލޫފާއި އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑު އައްސަވާފައެވެ. އަދި ރަށްރަށުގައި ކުރިއަށްދާ މަސައްކަތްތަކާއި ނިމިފައިވާ މަސައްކަތްތަކާއި ބެހޭގޮތުން ވަނީ ރައްޔިތުންނާއެކު މަޝްވަރާކުރައްވާފައެވެ.
މަހްލޫފް ވިދާޅުވީ މ އަތޮޅުގައި ބިޔަ މަޝްރޫޢުތަކެއް ވަނީ ފެށިފައިކަމަށާއި އަދި އަވަހަށް އެ މަޝްރޫޢުތައް ނިންމާނެކަމުގެ އުންމީދު އެބައޮތްކަމަށެވެ. އެގޮތުން ޔޫތު މިނިސްޓްރީން ހަދާ ވޮލީ ކޯޓު ނިމި އަދި ފުޓްސަލް ދަނޑު ނިންމަން ބޭނުންވާ ސާމާނު ވަނީ އެ ރަށަށް ގެންގޮސްފައިކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ މ. އަތޮޅަކީ 2018 ގައި ރައީސް ސާލިހަށް މެޖޯރިޓީ ނުލިބުނު އަތޮޅެއްނަމަވެސް މިފަހަރު ތަފާތުބޮޑުކޮށް ރައީސް ސާލިހު އެ އަތޮޅުން އަޣުލަބިއްޔަތު ނަންގަވާނެކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނީ ފ އަތޮޅާއި މ އަތޮޅުން އެކަންޏެވެ. އެހެން ހުރިހާ އަތޮޅަކުން އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދާފައެވެ.

މ. އަތޮޅުގެ ފަހު ރަށަކަށް ދެވުނީ ދިއްގަރަށް. ގިނަ އަދި ބިޔަ މަޝްރޫޢުތަކެއް ވަނީ ފެށިފަ، އަވަހަށް ނިންމުމުގެ އުންމީދުގައި.
— Ahmed Mahloof (@AhmedMahloof) July 12, 2023
ޔޫތު މިނިސްޓްރީގެ ވޮލީ ކޯޓު ނިމި އަދި ފުޓްސަލް ދަނޑު ނިންމަން ބޭނުންވާ ސާމާނުވަނީ ރަށަށް ގެނެވިފަ.
މ. އަތޮޅަކީ 2018 ގައި ރައީސް އަށް މެޱޯރިޓީ ނުލިބުނު… pic.twitter.com/6EJtF9cExy
މަހްލޫފް ވިދާޅުވީ މ. އަތޮޅަކީ 2018 ގައި ރައީސް ސާލިހަށް މެޖޯރިޓީ ނުލިބުނު އަތޮޅެއްނަމަވެސް މިފަހަރު ތަފާތުބޮޑުކޮށް ރައީސް ސާލިހު އެ އަތޮޅުން އަޣުލަބިއްޔަތު ނަންގަވާނެކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނީ ފ އަތޮޅާއި މ އަތޮޅުން އެކަންޏެވެ. އެހެން ހުރިހާ އަތޮޅަކުން އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދާފައެވެ.
ކިޔުންތެރިންގެ ހިޔާލު