ހުޅުމާލެ މަތިން ނުރައްކާތެރިކޮށް މަތިންދާބޯޓެއް ދުއްވި މައްސަލައިގައި ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅެއް ނާޅާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެެވެ.
މިމަހުގެ 2 ވަނަ ދުވަހު ހިނގި މި ހާދިސާގައި ނުރައްކާތެރިކޮށް ދުއްވާފައިވަނީ ސްރީލަންކަން އެއަރލައިންސްގެ މަތިންދާބޯޓެކެވެ. އެ ދުވަހު ހަވީރު 4:30 ހާއިރު ހިނގި މި ހާދިސާގައި ސްރީލަންކަންގެ ބޯޓު ހުޅުލެ ރަންވޭއިން ނައްޓާލުމަށްފަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކާއި ދިމާލުން ވަރަށް ތިރިން ވަނީ ދަތުރުކޮށްފައެވެ.
މާލެ ސަރަހައްދުން ދަތުރުކުރާ ބޯޓުތައް ދަތުރުުކުރަންޖެހޭނީ މި ސަރަހައްދުގައި ހުންނަ އެންމެ އުސް ބިނާއަށްވުރެ 1000 ފޫޓް މަތިންކަމަށްވިޔަސް އެ ބޯޓު ދަތުރުކޮށްފައިވަނީ އެއަށްވުރެ މާ ތިރިންނެވެ. މިއީ އެހެން ޤައުމެއްގައިނަމަ ވަރަށް ބޮޑު އަދަބެއް އެކަން ކުރި ބަަޔަކަށް އަންނާނެ ކަމެކެވެ.
ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ މި މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަަލައިގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ސްރީލަންކަން އެއަރލައިނުން އެ ފަރާތަށް ދީފައިވާކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
މި މައްސަލައިގައި ރާއްޖޭގެ ކަމާއިބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. އަދި މި މައްސަލަ ބަލާކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. ބައެއް ފަރާްތްތަކުން ބުނާގޮތުން މީގެކުރިންވެސް މިގޮތަށް އަމަލުކޮށްފައިވުމަކީ ގާތްކަމެއްކަމަށެވެ.
ރާއްޖެއަކީ ވައިގެ ދަތުުރުފަތުރުގެ ތެރެއިން ނުރައްކާތެރި ހާދިސާތައް ހިނގާ ޤައުމަކަށް ނުވިނަމަވެސް، ބައެއް ފަރާތްތަަކުން އުސޫލުތަކާއި ހިލާފަށްކުރާ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ.

‼️🚨⚠️1st pic shows @flysrilankan taking off over & in close proximity to Hiyaa towers at 1,700 ft.
— Hassan Kurusee (@HKurusee) July 12, 2023
Common practice is to fly past the towers & then make the turn, which you can see from the last 3 pics.
In congested areas such as Male’ planes should be at an altitude that… pic.twitter.com/Oc3rCJjcVt
ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ އޭޖެންޓް އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ މި މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަަލައިގައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ސްރީލަންކަން އެއަރލައިނުން އެ ފަރާތަށް ދީފައިވާކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
މި މައްސަލައިގައި ރާއްޖޭގެ ކަމާއިބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ވާހަކައެއް ނުދައްކައެވެ. އަދި މި މައްސަލަ ބަލާކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ. ބައެއް ފަރާްތްތަކުން ބުނާގޮތުން މީގެކުރިންވެސް މިގޮތަށް އަމަލުކޮށްފައިވުމަކީ ގާތްކަމެއްކަމަށެވެ.
ރާއްޖެއަކީ ވައިގެ ދަތުުރުފަތުރުގެ ތެރެއިން ނުރައްކާތެރި ހާދިސާތައް ހިނގާ ޤައުމަކަށް ނުވިނަމަވެސް، ބައެއް ފަރާތްތަަކުން އުސޫލުތަކާއި ހިލާފަށްކުރާ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނާޅާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު