އާރުޑީސީއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންގަވާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައި މިވަނީ، އާރުޑީސީއާ ގުޅޭގޮތުން ހުށަހެޅިގެން އުޅޭ ފައިސާގެ މައްސަލަ ތަހުޤީޤްނުކުރުމަށް ރައީސް ސާލިހު އަންގަވާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުތަކެއް ފެތުރުމުންނެވެ.
ފުލުހުން ބުނީ އާރުޑީސީގެ ވެރިއެއްގެ އެކައުންޓަކަށް އެތައް މިލިއަން ރުފިޔާއެއް ޖަމާވެގެން ތަހުޤީޤްކުރަމުންދާ މައްސަލަ ހުއްޓާލުމަށް ރައީސް ސާލިހު އެންގިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއްކަމަށެވެ. އަދި އެ މައްސަލަ ތަހުޤީޤް ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުުހުން ބަލަމުންދަނީ ބީއެމްއެލްގައި ހުޅުވާފައިވާ އާރުޑީސީގެ މައި އެކައުންޓުން އެތަނުގެ ފައިނޭންސް ޑިޕާޓްމަންޓްުގެ ވެރިއެއްގެ އެކައުންޓަށް 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަ ތަހުޤީޤްކުރަމުންދަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓާއި ފުލުހުން ގުޅިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް މި މައްސަލައިގައި އާރުޑީސީން ބުނެފައިވަނީ އެ ކުންފުންޏާއި ގުޅޭ މައްސަލައެއް ބަލަމުންދާކަން އެނގިފައި ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު