ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ޤާއިމްކުރާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތަކުގެ މަޝްރޫޢު މިފްކޯ އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާޢިލް ފަޢުޒީއެވެ.
މި އެއްބަސްވުމުގެ ދަށުން ހަތަރު މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. މި ހަތަރު މަޝްރޫއުގެ ޖުމްލަ އަގަކީ 42.26 މިލިއަން ރުފިޔާއެވެ. މި ހަތަރު މަޝްރޫޢުގެ ތެރެއިން 2 މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައެވެ. އަދި އަނެއް 2 މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ގއ. ކޫއްޑޫގައެވެ.
މީގެ ތެރެއިން، ތިނަދޫގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ތިނަދޫގައި މިހާރު ތަރައްޤީކުރަމުން އަންނަ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައެވެ.
އެގޮތުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މިފްކޯ ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއި، ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއި، އެއް ފަންގިފިލާގެ 4،790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއި، އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމާއި، އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި 3،050.363 އަކަފޫޓުގެ ސަރަޙައްދެއްގައި ރީ-އިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި ކޮންޓްރެކްޓްގެ ދަށުން ގއ. ކޫއްޑޫ ކަލަމިންޖާ ޖެޓީ ބޮޑުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، 9،900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 222 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ކޫއްޑޫގެ އައު ބްރައިން ފްރީޒަރ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައްވެސް ހިމެނެއެވެ.
މިފްކޯ އޮފީހުގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ސަރުކާރުން މަސްވެރިކަމަށް ދެއްވާ ހާއްސަ އަހަންމިއްޔަތު އެނގިވަޑައިގަންނަވާކަމަށާއި، އެމްޓީސީސީގެ މަޤްސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ވީއެންމެ އަވަހަށް ނިންމާ ސަރުކާރާއި ހަވާލުކުރުން ކަމަށެވެ.
އެގޮތުން މިފްކޯ އާއެކު ސޮއެކުރެވިގެން މިދިޔަ މަޝްރޫޢުއަށްވެސް ހާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމަށާއި، ކޮންޓްރެކްޓްގެ އިދާރީ ކަންކަން ނިމުނުހައި އަވަހަށް މަސައްކަތްފަށައި ސައިޓް މޮބިލައިޒްކުރެވިގެން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި އެމްޓީސީސީގެ މޮބިލައިޒް ކުރެވިފައިވާ ގިނަ ޕްރޮޖެކްޓް ސައިޓްތަކެއް ހުރުމާއެކު ތިނަދޫ އަދި ކޫއްޑޫގައި މަސައްކަތް އަވަހަށް ފެށުމަށް ފަސޭހަވެގެންދާނެކަމަށްވެސް އާޒިމް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އުތުރުގެ މަސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން، އިހަވަންދޫގައި މަސްވެރިކަމުގެ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރާއި ނެގޯޝިއޭޓް ކުރަމުން އަންނަކަންވެސް އާޒިމް ހާމަކުރެއްވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަގުނަ މަޝްރޫޢުތަކެއްގެ މަސައްކަތް އެމްޓީސީސީއިން ގެންދަނީ ކުރަމުންނެވެ. މީގެ ތެރެއިން، ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ. އަދި އޮގަސްޓް މަސް ނިމުމުގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
މީގެ އިތުރުން، މީމު މިފްކޯ ޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ނިންމާ މި އަންނަ އޮގަސްޓް މަސްތެރޭގައި ސަރުކާރާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީން ބުނީ މީމު މިފްކޯ ޕޯރޓްގެ ސްޓަރަކްޗަރަލް މަސައްކަތްތަކުގެ 90 އިންސައްތަ މިހާރު ނިމިފައިވާކަމަށާއި، ސ. ހުޅުމީދޫ މިފްކޯ ބަނދަރުގެ ސްޓަރަކްޗަރަލް މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަނީ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ފެށުމަށްކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ ކ.ކަނޑުއޮތްގިރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް މިހިނގާ ޖުލައި މަސްތެރޭ ނިންމާލެވޭނެކަން އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު