އަހުމަދު މަސްނޫމް   12 ޖުލައި 2023 - 16:39
ރިޔާސީ އިންތިހާބަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގަލޮޅު ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތެއްގެ ތެރެއިން ރައީސް ސާލިހު ވަނީ ގަލޮޅު ދެކުނު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި، މީހުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެގޭގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރި ކަންކަމާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވެވިއެވެ.

ރައީސް ސާލިހު އަރިހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރައީސް ސާލިހު ފެއްޓެވީ މިދިޔަ ހަފްތާގައި ށ.އަތޮޅުންނެވެ. އެގޮތުން އެއަތޮޅު ފޯކައިދޫގައި ކެމްޕެއިން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ހިސާބެއްގައި އެމްޑީޕީން ގެންދަނީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު