އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އަދީބު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ބޭސް ފަރުވާއަށް 10 ދުވަހުގެ މުއްދަތަކަށްކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެއެވެ.
ކަރެެކްޝަނުން ބުނީ، އަދީބަށް އެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއެކު ނިންމި ނިންމުމެއްކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ ރާއްޖެއިން ބޭރުގައި އަދީބު ހުންނަ މުއްދަތުގައި އެ ސަރވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވިޔަސް އަދީބު ވަނީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައެވެ.
މީގެކުރިންވެސް އަދީބު ވަނީ ކަރެކްޝަނަލް ސަރވިސްއިން ހުއްދައެއްގެ ދަށުން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހު ވަނީ އެނބުރި ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު