ނ. ހޮޅުދޫގައި ފާރެއް ވެއްޓި، މަގު ހަދަން އުޅުނު އާރުޑީސީގެ 3 މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.
މިއަދު އިރުއޮއްސެނިކޮށް ހިނގި މި ހާދިސާގައި 3 މީހުންގެ ތެރެއިން އެކަކުގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އަނެއްް ދެ މީހުންގެ ތެރެއިން އެކެއްގެ ކޮނޑު ހުޅާއި އަތަށް އަނިޔާ ވެފައިވާއިރު، ދެން ހުރި މީހާގެ އުނަގަނޑަށް ވަނީ އަނިޔާ ލިބިފައެވެ.
އަނިޔާވި 3 މީހުންނަކީވެސް އެ ރަށަށް ނިސްބަތްވާ 3 ފިރިހެނުންނެވެ. އަދި އެ މީހުން އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާކަމަށް ކައުންސިލުން ބުނެއެވެ.
ރަށު ކައުންސިލުން ބުނާގޮތުން ފާރު ވެއްޓެން ދިމާވީ މަގުގެ ފާރު ކައިރިން ކޮށްނަމުން ދަނިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު