ސަރުކާރުން އެންމެ ބޮޑަށް ބިރު ގަންނަނީ އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތާޢީދުކޮށްފާނެތީކަމަށް ޖުމްހޫރީ ޕާޓީގެ ސިޔާސީ މަސަައްކަތުގައި އިސްކޮށް އުޅުއްވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، ގާސިމް އިބްރާހިމާއެކު މިއަދު ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވަނިކޮށެވެ. މި ބައްދަލުވުމުގައި ގާސިމާއި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީގެ ސިޔާސީ މަސަައްކަތުގައި އިސްކޮށް އުޅުއްވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި، އެ ޕާޓީތަކުން އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދުކުރަން ނިންމަފާނެކަމުގެ ބިރުކަމަށެވެ.
ހައިލަމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުންކަމަށާއި އެކަން މިފަހަރު ކުރާނެކަމަށެވެ.،
"ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދުކުރުމުގެ ބިރު. ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުން. އެކަން މިފަހަރު އަޅުގަނޑުމެން ކުރާނަން،" ހައިލަމް ވިދާޅުވިއެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނަށް ވާދަނުކުރެވޭނަމަ ރައީސް ޔާމީންގެ ތާއީދު، ގާސިމަށް ދެއްވުމަކީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރުމަށް ފަސޭހަވާނެކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ އިތުރުން ރައީސް ނަޝީދުގެ ތާޢީދުވެސް ގާސިމަށް ލިބިއްޖެނަމަ ރިޔާސީ އިންތިހާބު އެއް ބުރުން ގާސިމް ކާމިޔާބުކުރައްވާނެކަމަށް ގިނަ ބަޔަކު ޔަގީންކުރެއެވެ.
ކަންކަން މިހާރު ހިނގަމުންދާ ގޮތުން ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ތާއީދު ގާސިމަށް ލިބިވަޑައިގެންނެވުމަކީ ދުރުކަމެއް ނޫނެވެ. މީގެކުރިން އެ ދެ ބޭފުޅުންނަށް ވެެެރިކަން ހޯއްދަވައިދެއްވަން ގާސިމް ވަނީ ގިނަ މަސައްކަތްތަކެއްވެސް ކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު