ސަރުކާރުން 8 ރަށެއްގައި ހިންގުމަށް ހަަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިިކުރުން އޮތީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ށ.ކަނޑިތީމުގައި ވޮލީ ކޯޓު، ރ.އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓު ޤާއިމްކުރުމާއި މ.ދިއްގަރުގައި ޤާއިމްކުރެވޭ ގޭދޮށު މަސް ޕްލާންޓާއި ށ.ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަކުރުމާއި ތ.ވިލުފުށީ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް ފެށުމާއި ފ.ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމާއި ޑަޔަލިސިސްގެ ޚިދުމަތް މާލެ ދަތުރުނުކޮށް ލިބޭނޭ މަގެއް ޤާއިމު ކުރުން ހިމެނެއެވެ.
މީގެއިތުރުން ސަރުކާރުގެ ސްކޫލްތަކުގެ މިހާރު ހުރި ކޮމްޕިއުޓަރ ލެބްތަކުގެ ފެންވަރު ރަނގަޅުކުރުމާއި އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރި ކުރުމަށާއި އެސަރަޙައްދު ތަރައްޤީކުރުމާއި ގ.ކޮނޑޭގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މީގެތެރޭގައި ހިމެނެއެވެ.
ރާއްޖެއާއި އިންޑިއާއިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުތައް ހިންގުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާއާއި ރާއްޖެއިން އެއް ޤައުމުން އަނެއް ޤައުމަށް ކަނޑައަޅުއްވާފައިވާ ސަފީރުންނެވެ.

Today, #Maldives and #India exchanged 9 new MoUs under Phase II of the High Impact Community Development Projects Scheme. pic.twitter.com/D4eXnkcNnN
— Abdulla Shahid (@abdulla_shahid) July 11, 2023
ރާއްޖެއާއި އިންޑިއާއިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޖައިޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުތައް ހިންގުމާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާއާއި ރާއްޖެއިން އެއް ޤައުމުން އަނެއް ޤައުމަށް ކަނޑައަޅުއްވާފައިވާ ސަފީރުންނެވެ.
ކިޔުންތެރިންގެ ހިޔާލު