ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ދިނީ 10 ދުވަހަށްކަމަށް ސަރުކާރުން ބުނެފިއެވެ.
ކަރެކްޝަނަލް ސަރވިސް އިން ބުނީ 10 ދުވަހަށް ސިންގަޕޫރަށް ދިއުމަށް އަދީބަށް ހުއްދަ ދީފައިވާކަމަށެވެ.
ކަރެެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނީ، އަދީބަށް އެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ. އަދި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާ އެކު ނިންމި ނިންމުމެއް ކަމަށް ޓްވީޓްގައި ބުނެފައިވެއެވެ.
ކަރެކްޝަނުން ބުނީ ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެ ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަ ކުރަމުން ގެންދާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވިޔަސް އަދީބު ވަނީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިރޭގެ ވަގުތެއްގައި އަދީބު ސިންގަޕޫރަށް ފުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު