އއ. ބޮޑުފޮޅުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 8 ހެކްޓަރުގެ ބިން ހިއްކުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި ހަމަ މިމަޝްރޫޢުގެ ދަށުން 1052 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.



މި މަޝްރޫޢަކީ 74.12 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.



ކިޔުންތެރިންގެ ހިޔާލު