އަދުލްއިންސާފު ޤާއިމްކުރުމަށް ފަނޑިޔާރުންނަށް ދީފައިވާ ބާރަކީ ރައްޔިތުން ދީފައިވާ ބާރެއްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ކ. ހުރާގައި މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންސާފު ޤާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއްކަމަށާއި، ރައްޔިތުންނެކޭ އެއްފަދައިން ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެވެސް ޒިންމާއެއްކަމަށެވެ. އަދި ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގައިވެސް ފީއަކާއި ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަތިއްބެވިކަމަށާއި، އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާޞިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަމަށެވެ. އެހެންކަމުން އެކަން ފާހަގަކޮށް އެބޭފުޅުން ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ޝަރީޢަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ޤާބިލްކަން އިތުރުވެގެން ދާނެކަމެއްކަން ފާހަގަކުރައްވާފައެއެވެ. އަދި މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ޖޭއެސްސީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދު ހުޅުވުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކ. ހުރާ ކައުންސިލްއާ ޙަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ.
ކ.ހުރާ މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ. އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފާހަގަކުރައްވައެވެ.

In addition, the Chief Justice met with the Magistrates and Court Staff of the K. Atoll Courts.
— Supreme Court of the Maldives (@SCMaldives) July 10, 2023
(2/2) pic.twitter.com/eH6HNmTgfi
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ޝަރީޢަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ޤާބިލްކަން އިތުރުވެގެން ދާނެކަމެއްކަން ފާހަގަކުރައްވާފައެއެވެ. އަދި މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިދަތުރުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ޖޭއެސްސީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދު ހުޅުވުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކ. ހުރާ ކައުންސިލްއާ ޙަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ.
ކ.ހުރާ މެޖިސްޓްރޭޓް ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ދަތިކަން ހުރި ޢިމާރާތެއްގެ ތެރޭގައެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ. އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށްކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފާހަގަކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު