އަހުމަދު މަސްނޫމް   10 ޖުލައި 2023 - 21:19
އައްޑޫ ސިޓީ ހުޅުދޫ މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:48 ހާއިރު ލިބުނު މައުލޫމާތުތަކާއި ގުޅިގެން އެ މީހާ މޫދުން ނަގައިގެން ހުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. އަދި މިއީ ކިހިނެތް ހިނގިކަމެއްކަމާއި ގުޅޭގޮތުންވެސް ފުލުހުން ވާހަކައެއް ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު