އިދިކޮޅު އެންމެ ބޮޑު ޕާޓީކަމަށްވާ، ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް، މަޝްވަރާތަކެއް ބާއްވައިފިއެވެ.
ޕީޕީއެމާއެކު ބޭއްވި މަޝްވަރާތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު މުއިއްޒުއާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައްދަލުވުމަކީ ޕީޕީއެމުން އެދިގެން ބޭއްވި ބައްދަލުުވުމެއްކަމަށެވެ. އަދި އެއީ އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާއި ހިއްސާކުރުމަށް އެދުނު ކަންތައްތަކެއް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްކަމަށެވެ. ނަމަވެސް މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ޕީޕީއެމުންވެސް މި ބައްދަލުވުމުގައި ދެކެވުނު ވާޙަކަތައް ހިއްސާކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށްފައި މިވަނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ކެނޑިޑަސީ ބަލައިގަތުމާމެދު ނިންމާނެ ގޮތެއް ނޭނގުމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމެއް އިއްވާފައިވާއިރު، ޤާނޫނުގައި ބުނާގޮތުން ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް މީގެކުރިން މަޖިލިސް އިންތިހާބަށް ވާދަކުރި މީހަކަށް ހަމަ މިފަދަ ހާލަތެއް ދިމާވެފައި އޮތްވާ އޭނާއަށް އިންތިހާބުގައި ވާދަކުރުމަށް ކޯޓުން ފުރުސަތު ދީފައިވެއެވެ. އެއީ އެމީހާއަށް އިއްވާފައިވަނީ ނިހާއީ ހުކުމެއް ނުވަތަ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަކަށް ނުވާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމީހާއަށް ވަނީ ދީފައެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމާއިމެދު ޤާނޫނީ ސުވާލުތަކެއް އުފެދިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މި މައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަމަށެވެ.

ރިޔާސީ އިންތިޚާބު 2023 އާ ގުޅިގެން @ProgressPartyMV (ޕީ.ޕީ.އެމް) އިން ކޮމިޝަނާ ޙިއްޞާކުރުމަށް އެދުނު ކަންކަން ޙިއްޞާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން pic.twitter.com/a6cxhpco8M
— Elections Commission (@ElectionsMv) July 10, 2023
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށްފައި މިވަނީ، އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ކެނޑިޑަސީ ބަލައިގަތުމާމެދު ނިންމާނެ ގޮތެއް ނޭނގުމެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީނަށް ދަށު ކޯޓުން ޖަލު ހުކުމެއް އިއްވާފައިވާއިރު، ޤާނޫނުގައި ބުނާގޮތުން ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް މީގެކުރިން މަޖިލިސް އިންތިހާބަށް ވާދަކުރި މީހަކަށް ހަމަ މިފަދަ ހާލަތެއް ދިމާވެފައި އޮތްވާ އޭނާއަށް އިންތިހާބުގައި ވާދަކުރުމަށް ކޯޓުން ފުރުސަތު ދީފައިވެއެވެ. އެއީ އެމީހާއަށް އިއްވާފައިވަނީ ނިހާއީ ހުކުމެއް ނުވަތަ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމަކަށް ނުވާތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމީހާއަށް ވަނީ ދީފައެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމާއިމެދު ޤާނޫނީ ސުވާލުތަކެއް އުފެދިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ މި މައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު