ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ޑރ. އިބްރާޙިމް ހަސަންވެސް ރައީސް ސާލީހަށް ތާއީދުކުރާކަން ހާމަވެއްޖެއެވެ.
ޑރ. ހަސަން ރައީސް ސާލީހަށް ތާއިދުުކުރަން ނިންމާފައިވާ ކަމަށް ގަބޫލުކުރެވޭއިރު ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ފެށުމަށް ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައިވެސް ޑރ.ހަސަން އިންނެވީ އެންމެ ކުރީ ސަފުގައެވެ. މިއީ ސަރުކާރުގެ ރަސްމީ ޖަލްސާއަކަށް ނުވާއިރު، އަދި މިއީ ރިޔާސީ ކެނޑިޑޭޓްގެ ކެމްޕެއިނެއް ފެށުމަށް ބޭއްވި ޖަލްސާއަކަށްވުމުން، އެތަނަށް ޑރ. ހަސަން ވަޑައިގަންނަވާނީ ރައީސް ސާލިހަށް ތާއީދުކުރަށްވާތީކަމަށް ބެލެވެއެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ޑރ. ހަސަން ވަކި އެއްޗެއް ވިދާޅެއްް ނުވެއެވެ.
ޑރ. ހަސަންއަކީ ރައީސް މައުމޫންގެ ވެރިިކަމުގައިވެސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމީ ޔުނިވަރސިޓީގެ އިސް މަޤާމުތަކެއްވެސް އޭނާ ފުރުއްވިއެވެ.
ޑރ. ހަސަން ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ފަރާތެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުންނާއި މެދު އަމަލުކުރަމުންދާ ގޮތުން އެމްއާރުއެމްގެ ނުރުހުން ސަރުކާރާއި މެދު އޮތްކަން ވަރަށް ބޮޑަށް ދަނީ ހާމަވަމުންނެވެ.

— MDP Secretariat (@MDPSecretariat) July 9, 2023\
ޑރ. ހަސަންއަކީ ރައީސް މައުމޫންގެ ވެރިިކަމުގައިވެސް މިނިސްޓަރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޤައުމީ ޔުނިވަރސިޓީގެ އިސް މަޤާމުތަކެއްވެސް އޭނާ ފުރުއްވިއެވެ.
ޑރ. ހަސަން ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ފަރާތެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުންނާއި މެދު އަމަލުކުރަމުންދާ ގޮތުން އެމްއާރުއެމްގެ ނުރުހުން ސަރުކާރާއި މެދު އޮތްކަން ވަރަށް ބޮޑަށް ދަނީ ހާމަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު