ރިޔާސީ ކެނޑިޑޭޓުންގެ މާލީ ބަޔާން އޮންނަންޖެހޭ ގޮތުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އޮޑިޓަރ ޖެނެެރަލްގެ އޮފީހުން ފަށައިފިއެވެ.
ރިޔާސީ ކެނޑިޑޭޓުންގެ މާލީ ބަޔާނާއި ގުޅޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި މިވަނީ އިންތިހާބުތަކުގައި ވާދަކުރައްވާ ފަރާތްތަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ބަޔާން ހުށަނާޅުއްވާ މައްސަލަ ބައެއް މުއައްސަސާތަކުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.
އޮޑިޓަރ ޖެނެެރަލްގެ އޮފީހުން މައުލުމާތުދީފައިވާ ގޮތުގައި ރިޔާސީ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭގޮތާއި މާލީ ބަޔާން އޮޑިޓް ކުރުމުގައި ގެންގުޅެންޖެހޭ ހަމަތައް ބަޔާން ކުރާ އުސޫލެއް ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ އިސް ނެންގެވުމުގެ މަތިން ފެށި މި މަސައްކަތް ކުރިއަށްދަނީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެމްއެމްއޭ ގުޅިގެންކަމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭ ޑްރާފްޓެއް ތައްޔާރުކޮށް، އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި މިހާރު ވަނީ ހިއްސާކޮށްފައެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް މައުލޫމާތުލިބެއެެެވެ.
ޤާނޫނުގައި މިހާރު އޮންނަ ގޮތުން ކެންޑިޑޭޓު ކެމްޕޭނަށް ހުޅުވާ ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު ސްޓޭޓްމަންޓްގެ އިތުރަށް އެއީ ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، އަދި ބިލުތަކުގެ ކޮޕީވެސް މާލީ ބަޔާނާއެކު ހުށަހަޅަންޖެހެއެވެ. ނަމަވެސް އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް ސާލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަކޮށްފައިވާ މާލީ ބަޔާނެއް ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސްގެ އޮފިޝަލެއް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ބައެއް އެހެން އިންތިހާބުތަކުގައި ވާދަކުރެއްވި ބޭފުޅުންވެސް އެގޮތަށް އަމަލުކުރައްވާފައިވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ޤާނޫނުގައި ބުނާގޮތަށް މާލީ ބަޔާން ހުށާހަޅާފައި ނުވިނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކާމެދު އިލެލްޝަންސް ކޮކިޝަނުން ފިޔަވަޅު ނާޅުއްވާކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު