ރިޔާސީ ކެމްޕެއިން އެމްޑީޕީން ފެށީވެސް ބޮޑުތަނުން އިދިކޮޅު ފަރާތްތައް ބަލިކޮށްލުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ސާލިހުގެ ޒައާމަތުގައި މި ހޭދަކުރި 5 އަހަރު ތެރޭގައި އެމަނިކުފާނުގެ ވެރިކަންކުރެއްވުމުގެ ޤާބިލްކަން ރައްޔިތުންނަށް ދައްކައިދީފިކަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ސަރުކާރުން ގެނެސްފައިވާ ތަރައްޤީގެ މަޝްެރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާނެކަމަށެވެ. އަދި އެއީ މިހާތަނަށް ހެދި އެންމެ ބޮޑު ކޯލިޝަން އެމަނިކުފާނުގެ ފަހަތްޕުޅަށް އެރި ސަަބަބުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މިއަދު ހެނދުނު މާލެއިން ފުރައިގެން ކޮމަންޑޫއަށް ލެފީ. ކޮމަންޑޫއިން މަރޮށްޓަށް، މަރޮށިން ނޫމަރާއަށް.. ނޫމަރާއިން ފޯކައިދޫއަށް. 8 ޕްރޮޖެކްޓް އިފްތިތާހުކޮށްދެއްވައިފި. ދެން ހުރި ކަންކަން އެ ދަނީ ނިމެމުން ފެތުރެމުން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ނުވަތަ ހުށަހަޅާނެ ހަރުދަނާ ސިޔާސަތުތަކެއް ނެތްކަަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޮޅުވާލުމަށް ހަޤީޤަތާއި ހިލާފު ވާހަކަ ދެއްކުން ނޫންކަމެއް އިދިކޮޅު ފަރާތްތަކުން ކުރަމުންނުދާކަން ޝާހިދު ވިދާޅުވިއެވެ.
"މިއަދު ރައްޔިތުން ޤަބޫލެއް ނުކުރާނެ ފިތުނަ އުފައްދަން ދައްކާ ވާހަކައެއް. ވާދަކޮށްލަން ބޭނުމިއްޔާ ހަރުދަނާ ސިޔާސަތުތަކެއް ހިފައިގެން ނިކުމެވަޑައިގެންނަވާ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ރައްޔިތުންނަށް ހުށަހަޅާނެ އެއްޗެއް ނެތްކަމަށާއި، އިދިކޮޅު ފަރާތްތައް ތިބީ އިންތިހާބު ފެށުނުއިރުވެސް ބަލިވެފައިކަމަށެވެ.
ޝާހިދު ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރި ޒިޔާރަތުންވެސް އިދިކޮޅަށް ވޯޓް ދޭނެ ބަޔަކު ނެތްކަން ހާމަވާކަމަށެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބުކުރަން ނިކުމެ މިތިބީ ރާއްޖޭގައި ފިތުނަ އުފައްދަން މަސައްކަތްކުރާ ފަރާތްތައް ބަަލިކޮށްލުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް @abdulla_shahid ގެ ވާހަކަފުޅު ދެއްކެވުން.
— MDP Secretariat (@MDPSecretariat) July 9, 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ގެ ކެންޕެއިން ލޯންޗް ކުރުމުގެ ޖަލްސާ ށ.ފޯކައިދޫގައި ކުރިއަށްދަނީ.#Ibu2023#VoteMDP#UfaaveriAmaanRaajje pic.twitter.com/pMkP6IIPRj
ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ރައްޔިތުންނަށް ހުށަހަޅާނެ އެއްޗެއް ނެތްކަމަށާއި، އިދިކޮޅު ފަރާތްތައް ތިބީ އިންތިހާބު ފެށުނުއިރުވެސް ބަލިވެފައިކަމަށެވެ.
ޝާހިދު ވިދާޅުވީ އުތުރުގެ ރަށްތަކަށް ކުރި ޒިޔާރަތުންވެސް އިދިކޮޅަށް ވޯޓް ދޭނެ ބަޔަކު ނެތްކަން ހާމަވާކަމަށެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބުކުރަން ނިކުމެ މިތިބީ ރާއްޖޭގައި ފިތުނަ އުފައްދަން މަސައްކަތްކުރާ ފަރާތްތައް ބަަލިކޮށްލުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު