ކުރިއަށް އޮތް 5 އަހަރު ދިވެހި ރައްޔިތުން ބޭނުންވަނީ ތަރައްޤީތޯ، ނުވަތަ ކުރިން އޮތް އަނިޔާވެރިކަން އިއާދަކުރަންތޯ ނިންމާނީ ދިވެހިރައްޔިތުންކަމަށާއި، އެއީ ރައްޔިތުންނަށް ނިންމަން އުނދަގޫ ނިންމުމަކަށް މިއަދު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރި މަސައްކަތްތަކާއެކު ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދެވިއްޖެކަމުގެ އިހުާސާސް ކުރެއްވޭކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި 2018 ވަނަ އަހަރު އޮތީ ބިރުވެރި، ނާމާން ދުވަސްތަކެއްކަމަށާއި، އޭރުގައި ރާއްޖޭގައި އެއްވެސް މީހަކަށް ހަމަޖެހިލައިގެން އުޅެވޭނެ މަގެއް ނެތްކަމަށެވެ. އަދި ސިޔާސީ ގޮތުން ސަރުކާރާއި ދެކޮޅު ކޮންމެ މީހަކަށް ސަރުކާރުން ދިޔައީ އެކިއެކި އަނިޔާތައް ދެމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އެ ނާމާން ދުވަސްތަކުގެ ބަދަލުގައި އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދިނީ އަމާންކަންކަމަށާއި، ރާއްޖޭގައި ހައްގުތަކުގެ މިނިވަންކަން މިއަދު ޔަގީންކުރެވިފައިވާކަމަށެވެ.
"ސިޔާސީ ވެރިންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ. މަޖިލިސް ރައީސް ބޭނުންވާ ގޮތަށް މަޖިލިސް ހިންގޭނެ، ސިފައިން މަޖިލީހަށް ވަދެ މެމްބަރުން ނުނެރޭނެ. މީޑިއަތަކަށް އެއްވެސް ހުރަހެއް ނެތި ބޭނުން އެއްޗެއް ލިޔެވޭ. ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ދަނީ ލިބެމުން. ތަރައްޤީގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން އަނެއްކާވެސް މިރޭ ރިޔާސީ ކެމްޕެއިން މި ފަށަނީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހާސިކޮށްދިނުމާއެކު، ރައްޔިތުންނަށް ލިބެމުން އަންނަ ހަމަޖެހުާއި އުފާވެރިކަން ދެމެހެއްޓުމަށްކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށާއި، އަދި މަސައްކަތްތެރިންގެ ހައްގުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެކަމަށެެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުން އެދުނު ކަންކަމުގެ އިތުރުން، މީގެކުރިން ރައްޔިތުން އުއްމީދު ނުކުރާވަރުގެ ކަންކަންވެސް ކޮށްދެއްވާފައިވާކަމަށެވެ.
"އެކި ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެވިއްޖެ. މުސްކުޅިންނާއި ނުކުޅެދޭ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރުމަށް ވަނީ ނިންމާފައި. އައްޑޫއާއި ހަނިމާދޫގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ވަނީ ފެށިފައި. މާލެ ސަރަހައްދުން ގޯތި ދެވިއްޖެ،" ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް މިދިޔަ 5 އަހަރު ތެރޭގައި ކުރެވުނު މަސައްކަތަކީ ކުރީގެ ސަރުކާރުން ހޯދި ފައިސާއިން ކުރި މަސައްކަތްތަކެއް ނޫންކަމަށާއި، ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި މާގިނަ ފައިސާއެއް ނެތްކަމަށެވެ. އަދި ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދިޔައީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އާލަމީ އެންމެ ބޮޑު ވަބާގެ ތެރެއިން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި އިންދުނީ އޮށެއް، އޮށުން ގަސް ފަޅައިގެން މޭވާ ލިބެން ދުވަސް ނަގާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ކުރިއަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ވެރިކަމަށް ބޭފުޅަކު އިންތިހާބު ކުރައްވާއިރު ރައްޔިތުން މުހިއްމު ނިންމުމެއް ނިންމަންޖެހޭކަމަށެވެ. އެއީ ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ، ނުވަތަ އިހު އޮތް ބިރުވެރިކަމަށް ޤައުމު ވައްޓާލުމަށް ނިންމާނިތޯއާމެދު ނިންމާ ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން ރާއްޖެއިން ފެނުނު ބިރުވެރިކަމަށް ދާން ރައްޔިތުން ބޭނުމެއް ނުވާނެކަމަށާއި، ކުރިއަށް އޮތް 5 އަހަރާއި މެދު ނިންމާނެ ގޮތް ރައްޔިތުންގެ ވަށައިގެން ފެންނަ ތަރައްޤީގެ މަންޒަރުން ސާފުވާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih ގެ ކެންޕެއިން ލޯންޗް ކުރުމުގެ ޖަލްސާ ށ.ފޯކައިދޫގައި ފެށިގެން ކުރިއަށްދަނީ.#Ibu2023#VoteMDP#UfaaveriAmaanRaajje pic.twitter.com/RdSPnB6Lko
— MDP Secretariat (@MDPSecretariat) July 9, 2023
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން އަނެއްކާވެސް މިރޭ ރިޔާސީ ކެމްޕެއިން މި ފަށަނީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހާސިކޮށްދިނުމާއެކު، ރައްޔިތުންނަށް ލިބެމުން އަންނަ ހަމަޖެހުާއި އުފާވެރިކަން ދެމެހެއްޓުމަށްކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށާއި، އަދި މަސައްކަތްތެރިންގެ ހައްގުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެވިއްޖެކަމަށެެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުން އެދުނު ކަންކަމުގެ އިތުރުން، މީގެކުރިން ރައްޔިތުން އުއްމީދު ނުކުރާވަރުގެ ކަންކަންވެސް ކޮށްދެއްވާފައިވާކަމަށެވެ.
"އެކި ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެވިއްޖެ. މުސްކުޅިންނާއި ނުކުޅެދޭ ފަރާތްތަކުގެ އެލަވަންސް ބޮޑުކުރުމަށް ވަނީ ނިންމާފައި. އައްޑޫއާއި ހަނިމާދޫގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ވަނީ ފެށިފައި. މާލެ ސަރަހައްދުން ގޯތި ދެވިއްޖެ،" ރައީސް ވިދާޅުވިއެވެ
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް މިދިޔަ 5 އަހަރު ތެރޭގައި ކުރެވުނު މަސައްކަތަކީ ކުރީގެ ސަރުކާރުން ހޯދި ފައިސާއިން ކުރި މަސައްކަތްތަކެއް ނޫންކަމަށާއި، ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި މާގިނަ ފައިސާއެއް ނެތްކަމަށެވެ. އަދި ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދިޔައީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އާލަމީ އެންމެ ބޮޑު ވަބާގެ ތެރެއިން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި އިންދުނީ އޮށެއް، އޮށުން ގަސް ފަޅައިގެން މޭވާ ލިބެން ދުވަސް ނަގާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ކުރިއަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ވެރިކަމަށް ބޭފުޅަކު އިންތިހާބު ކުރައްވާއިރު ރައްޔިތުން މުހިއްމު ނިންމުމެއް ނިންމަންޖެހޭކަމަށެވެ. އެއީ ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ، ނުވަތަ އިހު އޮތް ބިރުވެރިކަމަށް ޤައުމު ވައްޓާލުމަށް ނިންމާނިތޯއާމެދު ނިންމާ ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެކުރިން ރާއްޖެއިން ފެނުނު ބިރުވެރިކަމަށް ދާން ރައްޔިތުން ބޭނުމެއް ނުވާނެކަމަށާއި، ކުރިއަށް އޮތް 5 އަހަރާއި މެދު ނިންމާނެ ގޮތް ރައްޔިތުންގެ ވަށައިގެން ފެންނަ ތަރައްޤީގެ މަންޒަރުން ސާފުވާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު