މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ބޮޑަށް އެދިވަޑައިގެންނެވި އެއް ބޭފުޅަކީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދުކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެެއްޓެވުމުގެ ގޮތުން ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ ކެމްޕެއިން ފޯކައިދޫން ފެށުމާއި ގުޅޭގޮތުން ވާހަކަދައްކަަވަމުން ރައީސް ސާލިހު ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ދަންނަވަމުންދިޔަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އެ ދާއިރާގެ ކުރީގެ މެމްބަރު މަރްހޫމް ހުސައިން ވަހީދުކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުސައިން ވަރަށް ބޮޑަށް އެދެމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން މެމްބަރުން ހުސައިންނާއެކު ފޯކައިދޫއަށް ކުރި ޒިޔާރަތަކީ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުންނެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

"ދެ އަހަރެއްހާ ކުރިން މި ރަށަށް އައިއިރު ފެނުނު މަންޒަރަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެޅުނު ފުރަަތަމަ ފިޔަވަޅު. ރަށުގައި ދަމާލި ފޮތިގަނޑު. އެ ފޮތިގަނޑުގައި އޮތީ އިބޫ 2023. އިންތިހާބަށް ނިކުންނަނީ ދާއިރާއަށް ހުސައިން ކުރެއްވި އުއްމީދުތައް ހާސިލުކުރެއްވުމަށްކަމަށް" ރައީސް ވިދާޅުވިއެވެ.



ރައީސް ސާލިހު ވިދާޅުވީ މަރްހޫމް ހުސައިންއަކީ އެމްޑީޕީއަށް ގިނަ މަސައްކަތްތަކެއްކޮށްދެއްވައި، މާލީ ގޮތުންވެސް ބޮޑެތި އެހީތަކެއް ވެދެއްވާފައިވާ ބޭފުޅެއްކަމަށެވެ.

ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެމްބަރު ހުސައިން އަވަހާރަވީ 2021 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު