މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ފަށާފައިވާ ދަތުރުގައި އެމްޑީޕީއާ ވާދާކުރަން ނިކުމެ އުޅޭ ފަރާތްތަކަށް އެމްޑީޕީއާ އަރާ ހަމަނުކުރެވޭނެކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ފެށުމަށް ށ.ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން އެމްޑީޕީން ރާއްޖެ އިސްލާހުކުރުމުގެ މަސައްކަތަށް ނިކުތީ މަދު ރައްޔިތުންތަކަކާއެކު، ބިރުވެރި ދުވަސްތަކެއްގައި ކަމަށެވެ. ނަމަވެސް އެ ދަތުރަށް ނިކުތީ ދާންވީ މަންޒިލް ސާފުކޮށް އެނގިގެންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީން އިސްލާހަށް ފެށިި މަސައްކަތުގައި 2008 ވަނަ އަހަރު އަމާން ބަނދަރަކަށް ވާސިލުވެވުނަސް، މާގިނަ ދުވަހު އެގޮތުގައި އެކަން ދެމި އޮންނަގޮތެއް ނުވިކަމަށެވެ. އަދި އެމްޑީޕީން އަނެއްކާވެސް "ކަނޑުމަތިވެ" ބިރުވެރިކަމަކާއި ކުރިމަތިލާންޖެހުނުކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އަމާން ރާއްޖެއެއް ހޯދައިދިނުމަށް ފެށި ދަތުރުގައި ރައީސް ސާލިހުގެ ލީޑަރޝިޕްގެ ދަށުން ބޮޑު ކާމިޔާބެއް ހޯދައިދީ، ދިވެހި ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެއްވާފައިވާކަމަށެވެ.
"އަލުން ފެށިި ދަތުރުގައި ގިނަ ރައްޔިތުންތަކަކާއި ގިނަ ސިޔާސީ ޅީޑަރުން ބައިވެރިވި. އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބުނު. އެ ދަތުރު ފެށީ ކާމިޔާބުވާނެކަމާމެދު ޝައްކެއް އޮވެގެން ނޫން، މާލިމީއަކަށް ހުންނެވި ރައީސް ސާލިހުއާއެކު މިތިބީ ވައުދުވި އަމާން ބަނދަރަށް އައިސް" ފައްޔާޒް ވިދާޅުވިއެވެ.
'
ފައްޔާޒް ވިދާޅުވީ ދިވެހިން ބޭނުންވަނީ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމްކުރުމަށްކަމަށާއި އެކަން ހާސިލުވެގެންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތަކީ މީގެކުރިން ދުވަހަކުވެސް ރާއްޖެއިން ފެނިފައިނުވާފަދަ ބިޔަ މަޝްރޫޢުތަކެއްގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ އަނެއްކާވެސް އެމްޑީޕީން މިފަށަނީ ރާއްޖޭގެ ރައްޔިތުން އެދޭ ކަންތައްތަކެއް ހާސިލުކުރުމަށް ފަށާ ދަތުރެއްކަމަށާއި، ނަމަވެސް މިއަދު މި ދަތުރު ފަށާއިރު އެމްޑީޕީ އޮތީ ވަރަށް ވަރުގަދަކޮށްކަމަށެވެ. އަދި ވާދަވެރިންނަށް އެމްޑީޕީއާ އަރާ ހަމަކުރާނެ ގޮތެއްވެސް ނޯންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އުފާވެރި އާމާން ރާއްޖެއަށް ހޯދުަމަށް ކުރާ ދަތުރެއް. މި ދަތުރު ކާމިޔާބުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް. ވަރަށް ބޮޑަށް ތައްޔާރުވެގެން ވާދަވެރިންނަށް އަރާ ހަމަ ނުކުރެވޭނެ ވަރުގެ އޮޑިއެއްގައި ދަތުރު މިފަށަނީ. ރައްޔިތުންނަށް ހަމަނޭވާލެވޭނެ ދުވަސްތައް ހޯދުމަށްފަހު، އަމާން ރާއްޖެއަށް ހޯދަން މިދަނީ" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ ކެމްޕެއިން ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީއާއި، އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީއާއި އެމްޑީއޭގެ ލީޑަރުންނާއި މެމްބަރުން ބައިވެރިވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބޫ ކެމްޕޭން ލޯންޗް ކުރުމަށް ށ.ފޯކައިދޫގައި ބާއްވާ ކެމްޕެއިން ޖަލްސާ ފެށިގެން ކުރިއަށް.#Ibu2023#VoteMDP#UfaaveriAmaanRaajje pic.twitter.com/60p8Kmrili
— Hussain Shafiu #Ibu2023 (@charly_thuthu) July 9, 2023
'
ފައްޔާޒް ވިދާޅުވީ ދިވެހިން ބޭނުންވަނީ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމްކުރުމަށްކަމަށާއި އެކަން ހާސިލުވެގެންދާ މަންޒަރު ފެންނަމުންދާކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުމަށް ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތަކީ މީގެކުރިން ދުވަހަކުވެސް ރާއްޖެއިން ފެނިފައިނުވާފަދަ ބިޔަ މަޝްރޫޢުތަކެއްގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒު ވިދާޅުވީ އަނެއްކާވެސް އެމްޑީޕީން މިފަށަނީ ރާއްޖޭގެ ރައްޔިތުން އެދޭ ކަންތައްތަކެއް ހާސިލުކުރުމަށް ފަށާ ދަތުރެއްކަމަށާއި، ނަމަވެސް މިއަދު މި ދަތުރު ފަށާއިރު އެމްޑީޕީ އޮތީ ވަރަށް ވަރުގަދަކޮށްކަމަށެވެ. އަދި ވާދަވެރިންނަށް އެމްޑީޕީއާ އަރާ ހަމަކުރާނެ ގޮތެއްވެސް ނޯންނާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އުފާވެރި އާމާން ރާއްޖެއަށް ހޯދުަމަށް ކުރާ ދަތުރެއް. މި ދަތުރު ކާމިޔާބުކުރާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް. ވަރަށް ބޮޑަށް ތައްޔާރުވެގެން ވާދަވެރިންނަށް އަރާ ހަމަ ނުކުރެވޭނެ ވަރުގެ އޮޑިއެއްގައި ދަތުރު މިފަށަނީ. ރައްޔިތުންނަށް ހަމަނޭވާލެވޭނެ ދުވަސްތައް ހޯދުމަށްފަހު، އަމާން ރާއްޖެއަށް ހޯދަން މިދަނީ" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީން ރިޔާސީ ކެމްޕެއިން ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީއާއި، އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީއާއި އެމްޑީއޭގެ ލީޑަރުންނާއި މެމްބަރުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު