ށ. ފީވައް، ށ. ފޭދޫ އަދި ށ. ފޯކައިދޫގައި ފަތާ ސަރަހައްދެއް ޤާއިމްކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
މި މަޝްރޫޢުގެ ދަށުން ފީވަކުގައި 2500 އަކަމީޓަރުގެ ފަތާ ސަރަހައްދެއް ހަދާނެއެވެ، މީގެއިތުުރުން ފޭދުގައި 1,620 އަކަމީޓަރުގެ ފަތާ ސަރަހައްދެއް އަދި ފޯކައިދޫގައި 2100 އަކަމީޓަރުގެ ފަތާ ސަރަހައްދެއް ހަދާނެއެވެ. މި މަޝްރޫޢަކީ 16.61 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ށ. އަތޮޅުގެ ގިނަ ރަށްތަކަކީ ފަޅުގެ ޖާގަ ކުޑަ ގާމަތީ ރަށްތަކެއްކަމުނ،ް މޫދަށް އެރިލާނެ ރީތި ތުނޑިއެއް ނުވަތަ ގޮނޑުދޮށެއް އޮންނަނީ މީގެން ވަރަށް މަދު ރަށެއްގައެވެ. މި އަތޮޅުގެ 3 ރަށްކަމަށްވާ ފީވައް، ފޭދޫ އަދި ފޯކައިދޫއަކީ ވެސް މިފަދަ ރަށްތަކެކެވެ.
މި ތިން ރަށުގެ ފަޅުކުޑަކަމުން މޫދަށް އާންމުކޮށް އެރޭ ސަރަހައްދުތަކުގައިވެސް އޮއެ ހުންނަނީ ގަދަކޮށެވެ. އަދި މިކަން ވަކިން ބޮޑަށް ހުޅަނގު ނަކަތްތަކުގައި މޫސުން ގޯސްވާއިރު ފާހަގަކުރެވޭކަމަށް ރަށުން މައުލޫމާތުދެއެވެ. އެހެންކަމުން އަމާންކަމާއެކު ފަތާލެވޭނެ ހިތްގައިމު ފަތާ ސަރަހައްދެއް ރަށުގައި އޮތުމަކީ މި 3 ރަށުގެ 3000 އެއްހާ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

MTCC has signed an agreement with @MoNPHImv to Design and Build Swimming Areas at Sh. Feevah, Sh. Feydhoo and Sh. Foakaidhoo. COO Shahid Hussain Moosa signed on behalf of MTCC and Ms. Fathimath Shana Farooq, DG signed on behalf of Ministry. #MTCCProjects #RayyithungeKunfuni
— MTCC Plc (@MTCCPlc) July 9, 2023
The… pic.twitter.com/Ie710R2jzE
ށ. އަތޮޅުގެ ގިނަ ރަށްތަކަކީ ފަޅުގެ ޖާގަ ކުޑަ ގާމަތީ ރަށްތަކެއްކަމުނ،ް މޫދަށް އެރިލާނެ ރީތި ތުނޑިއެއް ނުވަތަ ގޮނޑުދޮށެއް އޮންނަނީ މީގެން ވަރަށް މަދު ރަށެއްގައެވެ. މި އަތޮޅުގެ 3 ރަށްކަމަށްވާ ފީވައް، ފޭދޫ އަދި ފޯކައިދޫއަކީ ވެސް މިފަދަ ރަށްތަކެކެވެ.
މި ތިން ރަށުގެ ފަޅުކުޑަކަމުން މޫދަށް އާންމުކޮށް އެރޭ ސަރަހައްދުތަކުގައިވެސް އޮއެ ހުންނަނީ ގަދަކޮށެވެ. އަދި މިކަން ވަކިން ބޮޑަށް ހުޅަނގު ނަކަތްތަކުގައި މޫސުން ގޯސްވާއިރު ފާހަގަކުރެވޭކަމަށް ރަށުން މައުލޫމާތުދެއެވެ. އެހެންކަމުން އަމާންކަމާއެކު ފަތާލެވޭނެ ހިތްގައިމު ފަތާ ސަރަހައްދެއް ރަށުގައި އޮތުމަކީ މި 3 ރަށުގެ 3000 އެއްހާ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.
ކިޔުންތެރިންގެ ހިޔާލު