ސެޕްޓެމްބަރުމަހުގެ 9 ވަނަ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާނެ ވޯޓް ފޮށީގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި 604 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު މާލޭ ސިޓީ ރައްޔިތުންނަށް 61 ވޯޓް ފޮށި، މާލޭސިޓީގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ފޮށި، ހުޅުމާލެ ފޭސް 1ގައި މާލޭ ސިޓީ ރައްޔިތުންނަށް 6 ފޮށި، ހުޅުމާލެ ފޭސް 1ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ހުޅުމާލެ ފޭސް 2ގައި މާލޭ ސިޓީ ރައްޔިތުންނަށް 1 ފޮށި، ހުޅުމާލެ ފޭސް 2ގައި އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި، ވިލިމާލޭގައި މާލޭސިޓީގެ ރައްޔިތުންނަށް 6 ފޮށި، ވިލިމާލޭގައި އުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި ބަހައްޓާނެއެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައދުތަކަށް ބަލާއިރު އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ފޮށި، ތިލަފުށީގައި 1 ފޮށި، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދިއްލާގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯގައި 4 ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި، ތައިލެންޑް ބެންކޮކްގައި 1 ފޮށި އަދި އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮއްޓާއި ޖަޕާން ޓޯކިޔޯ ގައި 1 ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓް ފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް ފަހުން އިއުލާންކުރާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ ވޯޓަރ ލިސްޓުގެ މަސައްކަތްތަކާއި ރީރަޖިސްްޓްރޭޝަނާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށްކަމަށާއި، އަދި ޖުލައި 30 އިން އޮގަސްޓު 5 އަށްކަމަށާއި، ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

2023 ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް ކޮމިޝަނުން މިއަދު ނިންމައިފި.
— Ismail Habeeb (@IsmailHabeeb) July 9, 2023
މާލޭސިޓީ ރައްޔިތުންނަށް 61
މާލޭސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް 77
ހުޅުމާލެ…
އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރޭޝަނަށްފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓް ފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް ފަހުން އިއުލާންކުރާނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ ވޯޓަރ ލިސްޓުގެ މަސައްކަތްތަކާއި ރީރަޖިސްްޓްރޭޝަނާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ދުވަހުގެ ނިޔަލަށްކަމަށް އިލެކްޝަނުން ވަނީ ކަނޑައަޅާފައެވެ. އަދި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16އިން ޖުލައި 29ގެ ނިޔަލަށްކަމަށާއި، އަދި ޖުލައި 30 އިން އޮގަސްޓު 5 އަށްކަމަށާއި، ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު