ސަރުކާރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "ވަންގަވް" މާދަމާ ލޯންޗުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

"ވަންގަވް" އަކީ ބޭނުން ވަގުތެއްގައި، ބޭނުން ތަނެއްގައި ހުރެގެން ފަސޭހަކަމާއިއެކު ސަރުކާރުގެ ހިދުމަތްތަކަށް ޑިޖިޓަލްކޮށް އެދެވޭނެ ޕްލެޓްފޯމެކެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް "ވަންގަވް" މާދަމާ ލޯންޗްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.



ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމެއްކަމަށްވާ ވަންގަވް ތައްޔާރުކުރެވިފައިވަނީ ރައްޔިތުންނާއި ވިޔަފާރިތަކާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރުދުންނަށް އަވަސްކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

މާދަމާ މި ހިދުމަތް މި ލޯންޗުކުރާއިރު ބައެއް މިނިސްޓްރީތަކާއި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް މި ޕްލެޓްފޯމުން ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު