ރައްޔިތުންނަށް އަމާން ރާއްޖެއެއް ހޯއްދަވައިދެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރައީސް ސާލިހު މިއަދު ފެއްޓެވި ރިޔާސީ ކެމްޕެއިންގެ ދަތުރުތަކުގެ ތެރެއިން ރަށްރަށަށް ވަޑައިގެންނެވުމުން އެމަނިިކުފާނަށް ހޫނު މަރުހަބާއެއް ރަށްރަށުން ކިޔަމުންދިއުމާއި ގުޅިގެނެވެ.

ރައީސް ސާލިހު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ށ. އަތޮށަށެވެ. އެ އަތޮޅުގެ ރަށްތަކުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުތައް މިއަދު ފެއްޓެވުމާއެކު ލިބެމުންދާ ތާއީދު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ފާހަގަކުރައްވާފައެވެ.



ރޮޒައިނާ ވިދާޅުވީ ރަށްރަށުން ރައީސް ސާލިހަށް ކިޔަމުންދާ މަރުހަބާއިން ދޭހަވަނީ ރައްޔިތުންނަށް އަމާން ރާއްޖެއެއް ހޯއްދަވައިދެއްވޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްކަން ރައްޔިތުން ޤަބޫލުކުރާކަމަށެވެ.

ރައީސް ސާލިހު ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މަނީ ކޮމަންޑޫ، ނޫމަރާ އަދި މަރޮށްޓަށް ވަޑައިގެންފައެވެ.

އެރަށްރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.



ކިޔުންތެރިންގެ ހިޔާލު