ރާއްޖޭގައި އޮތް އަމާންކަން ދަމަހައްޓަން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ޑޯޓުޑޯ ހަރަކާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އާރުލާ ގޮތެއްގައި ދަމަހައްޓާލަން އެމްޑީޕީގެ ވެރިކަމެއް އަދިވެސް ދަމަހައްޓަންޖެހޭކަމަށެވެ.
މީގެކުރިން މާލޭގެ މަގުމަތިން ގިނަ ހާދިސާތަކެއް ފެނުނުނަމަވެސް، މިއަދު މާލޭގެ މަގުތައް ފެންނަނީ އަމާންކޮށްކަމަށް މާރިޔާ ވިދާޅުވިއެވެ.
"މިއިން ޒަމާނަކުވެސް ނުފެންނަވަރުގެ އަމާން ދުވަސްކޮޅެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. އެހެންވީމަ އަޅުގަނޑުމެން މިދެކެނީ ދިވެހި ރައްޔިތުން މި ބޭނުންވަނީ އެގޮތޭ. ހަމަޖެހިގެން އުޅެން ރައްޔިތުން ބޭނުންވޭ،" ޑޯޓުޑޯ ހަރަކާތުގެ ތެރެއިން މީޑިއާއަކާއި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މީގެކުރިން ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ އަމާންކަމެއް ނެތްކަމާއި ނޫސްވެރިކަމުގެ މިނިވަންކަމެއްވެސް ނެތްކަމަށެވެ. ނަމަވެސް ރާއްޖޭގައި މިއަދު ނޫސްވެރިކަމުގެ މިނިވަންކަމާއި އެހެނިހެން ހައްގުތައްވެސް ކަށަވަރުވެފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިކަންކަން މިހެން ހުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ރިޔާސީ ދައުރެއް ދެއްވުން ވަރަށް މުހިއްމުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު