ދިރާގު އޮފީސް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިރާގު ހެޑް އޮފީސް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑުނީ ކޮންޓްރެކްޓަރަކު މަސައްކަތެއް ކުރުމުގެތެރޭ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެންކަމަށެވެ.



ސްޓެލްކޯއިން ބުނީ އެ ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިކަމަށެވެ. އަދި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތް ނިންމާ އަލުން ކަރަންޓު ދިނުމަށް ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު