ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނޫންކަމަށާއި އެ މަސައްކަތް ކުރިއަށްގެންދަނީ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ނިމުން ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އަސްލަމް ވިދާޅުވީ ރިއަލް އެސްޓޭޓް އުސޫލުގެ ދަށުން ފްލެޓްތައް ވިއްކާ ގޮތަށް ހިންގާ މަޝްރޫއޫތަކަކީވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫއުތަކެއްކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ވަކި ފަންތިއެއްގެ ބަދަލުގައި، އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ މުއްސަނދި މީހާއަށްވެސް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ބިންވެރިކުރުމާއި، ފްލެޓްތައް ދިނުމާއި އޭގެ ތެރޭގައި ސޯޝަލް ކެޓެގަރީތަކާއި މިޑްލް އިންކަމް ކެޓެގަރީތަކާއި ހައި އެންޑް ކެޓެގަރީއަށް އަޅުގަނޑުމެން ޕްރޮވައިޑްކޮށްދިނީމަ އެ ޙައްލު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އަސްލަމް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ މަޝްރޫއުތައް ހިންގަވަނުންނެވެ. އެގޮތުން ގޯތި ދިނުމާއި ފްލެޓް އެޅުމާއި، އަދި ބިން ހިއްކުމުގެ މަސައްކަތްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު