އާރުޓީއެލް ފެރީ ހުވަދޫއަށް ގެންދިއުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ 6 ލޯންޗް ފެރީ އެއަތޮޅަށް ފުރީ އިއްޔެއެވެ.
އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހުވަދޫ އަތޮޅަށް ފޮނުވި އާރުޓީއެލް ފެރީ އެއަތޮޅުގެެ ވެރިކަންކުރާ ރަށް، ތިނަދޫއަށް މިހާރު ބަނދަރުކޮށްފައިވާ ކަމަށެވެ.
"މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ރައީސް ސާލިހުގެ ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހުވަދޫ އަތޮޅަށް ބޭނުންވާ އާރުޓީއެލް ލޯންޗުތައް މިއަދު ވަނީ ތިނަދޫ އަށް ގެނެވިފައި،" އާޒިމް ވިދާޅުވިއެވެ.
ތިނަދޫއަށް ފެރީތައް ގެންދިއުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ.
އެމް.ޓީ.ސީ.ސީން ބުނީ މި ލޯންޗް ފެރީތަކަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މިމަހުގެ 13 އިން 19 އަށް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި އަގުނަގައިގެން ދަތުރުތައް ފަށާނީ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށެވެ. ނަމަވެސް އިތުރު 4 ލޯންޗު ބަނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.
މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ރައީސް @ibusolih ގެ ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުންހުވަދޫ އަތޮޅަށް ބޭނުންވާ @RTLnetwork ގެ ލޯންޗް ތައް މިއަދު ވަނީ ތިނަދޫ އަށް ގެނެވިފައި. @MTCCPlc @MoNPHImv
— Adam Azim (@adamazim) July 7, 2023
#Heyoverikan #UfaaveriAmaanRaajje pic.twitter.com/PgHY8aQt2f
އެމް.ޓީ.ސީ.ސީން ބުނީ މި ލޯންޗް ފެރީތަކަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މިމަހުގެ 13 އިން 19 އަށް ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށެވެ. އަދި އަގުނަގައިގެން ދަތުރުތައް ފަށާނީ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށެވެ. ނަމަވެސް އިތުރު 4 ލޯންޗު ބަނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.
މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރުޓީއެލް ސްޕީޑް ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު