ފާއިތުވި އަހަރުތަކުގެ ޝަރީޢަތްތަކުގެ އޯޑިއޯ ސުޕްރީމް ކޯޓުގެ އާންމުކުރަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލީހުގައި އަނގަބުން ދެކެވޭ ވާހަކަތަކަކީ ރެކޯޑްކުރެވި ބެލެހެއްޓެމުންދާ ރެކޯޑްތަކެއްކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލް، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރަން ފަށާފައިވާކަމަށްވެސް އެ ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުން ބުނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީޢަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި، އެ އަޑުއެހުންތަކުގެ ރެކޯޑިންގ ޔޫޓިއުބް ޗެނަލްގައި އާކައިވް ކުރެވެމުންވެސް ދާކަމަށެވެ.
ސުޕްރީމް ކޯޓުން ބުނީ 2008 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި އާއްމުކޮށް ހުޅުވާލައިގެން ބޭއްވިފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ފައިލްތައް ޔޫޓިއުބް ޗެނަލްގައި އާއްމުކޮށް ފެންނާނޭހެން އާކައިވްކުރުމަށް ސުޕްރީމް ކޯޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 2008، 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރު ވަނީ ޔޫޓިއުބް ޗެނަލްފައި އާއްމުކުރެވިފައިކަމަށެވެ.
2011އިން ފެށިގެން 2020ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް އާއްމުކޮށް ހުޅުވާލައިގެން ހިންގާފައިވާ ޝަރީޢަތްތަކުގެ އޯޑިއޯ ރެކޯޑިންތައް ޔޫޓިބު ޗެނަލްގައި އާއްމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު