ޕްރޮފެޝަނަލް އެކައުންޓަންޓް ސްކޮލަރޝިޕް 202 ފަރާތަކަށް ދިނުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. މިއީ އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ޗާރޓަޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ގޮތުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލި ސްކޮލަޝިޕްތަކެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށްޓަކައި ހުޅުވާލި ސްކޮލަރޝިޕް ފުރުޞަތުގެ ތަފުސީލު މިއަދު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާކަމަށެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް 202 ފަރާތަކަށް ލިބޭނެކަމަށެވެ.

އެ ސްކޮލަޝިޕްތަކުގެ މަގްސަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމާއެކު ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެ ދާއިރާއިން މިހާރު ކިޔަވަމުން ދާފަރާތްތަކަށާއި، މިދާއިރާ އާއި ގުޅުންހުރި ދާއިރާތަކުން ތައުލީމު ހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށްވުމަށް އެ ސްކޮލަރޝިޕް ފުރުސަުތުތަކުގެ ބޭނުންހިފޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޮލަރޝިޕް ބަހާލައިފައިވަނީ ދެ ކެޓެގަރީއަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ. މިނިސްޓްރީން ބުނީ 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.

މިދިޔަ އަހަރުވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު