ރ. އަތޮޅުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފެރީ ލޯންޗުގައި އެއްޗެއް ގޮވައި، ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި މަޝްހޫރު މިއުޒިކް ލޭބަލް ސިމްބޮލިކްގެ ދެ ފަންނާނަކު ހިމެނޭކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ސިމްބޮލިކުން ބުނީ މިހާދިސާގައި ސީރިއަސް އަނިޔާތަކެއްވި އެލޭބަލްގެ ދެ ފަންނާނުން ކަމުގައިވާ ޒިޔާ އަދި ނައިޑެންއަށް އައިޖީއެމް ހޮސްޕިޓަލްގެ އީއާރްގައި ފަރުވާ ދީފައިވާކަމަށެވެ. އެހެންނަމަވެސް ޒިޔާ އަދި ނައިޑެންގެ ޙާލުވެސް މިހާރު ރަނގަޅުކަމަށް އެ ގްރޫޕުން ބުނެފައި ވެއެވެ.
އިއްޔެ ހިނގި މި ހާދިސާގައި 6 މީހަކަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ ރ.އަތޮޅު އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި ލޯންޗެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރ. އަތޮޅުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފެރީ ލޯންޗުގައި އެއްޗެއް ގޮވައި، ހިނގި ނުރައްކާތެރި ހާދިސާގައި މިއަދު ސީރިއަސް އަނިޔާތަކެއްވި މި ލޭބަލްގެ ދެ ފަންނާނުން ކަމުގައިވާ ޒިޔާ އަދި ނައިޑެންއަށް އައިޖީއެމް ހޮސްޕިޓަލްގެ އީއާރްގައި ދަނީ ފަރުވާ ދެމުން. މާތް ﷲ ގެ ހެޔޮ…
— Symbolic Records (@SymbolicRecords) July 5, 2023
އިއްޔެ ހިނގި މި ހާދިސާގައި 6 މީހަކަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ ރ.އަތޮޅު އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި ލޯންޗެއްގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު