ޙައްޖުގެ އަޅުކަމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެވަޑައިގެންފިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ޙައްޖާޖީންގެ ކަންކަން ބެލެހެއްޓެވުމަށް އަމީރުލްހައްޖުގެ ގޮތުގައި އިސްކޮށް ހުންނެވީވެސް ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. އޭގެތެރެއިން އިސްލާމިކް މިނިސްޓްރީން ތިން ކުންފުންޏަކަށް، ޙައްޖަށް ދިވެހިން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވެއެވެ. ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ޖާގައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންގެތެރެއިން 3 މީހަކުވަނީ ސަޢުދީގައި ނިޔާވެފައެވެ. ނިޔާވެފައިވަނީ ނ. ހޮޅުދޫ، އުދަރެސް، އުމުރުން 70 އަހަރުގެ ގާސިމް އިބްރާހީމާއި ރ. މާކުރަތު، މަލަ، މުޙައްމަދު ނަސީމް ޢަލީ،72، އާއި އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަނެވެ.



ކިޔުންތެރިންގެ ހިޔާލު