އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އެމަނިކުފާނު ބުދަދުވަހު ސޮއިކުރައްވާނެކަން ޔަގީންވެއްޖެއެވެ.
"ދަ ޑިމޮކްރެޓްސް"ގެ ހަރަކާތްތަކުން ރައީސް ނަޝީދު މިހާތަނަށް ފެނިފައި ނުވިނަަމަވެސް، އެއީ އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދާ ޕާޓީއެއްކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް ގިނަ ބައެއްގެ ސުވާލަކަށް ވެފައި އޮތީ އެމަނިކުފާނު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ވަގުތަކާއި ގުޅޭގޮތުންނެވެ.
ރައީސް ނަޝީދުގެ އަރިސް ބޭފުޅުންނާއި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ބުނާގޮތުން ބުދަ ދުވަހުގެރޭ އޮންނަ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން، އެ ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގަންނަވާއެވެ.
ރައީސް ނަޝީދުވެސް ވަނީ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނޭކަން ޔަގީންކޮށްދެއްވާފައެވެ.
އެމްޑީޕީގެ ބާނީއެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ރައީސް ނަޝީދު އެމްޑީޕީން ވަކިވީ މިދިޔަމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ ޕާޓީގެ ތެރޭގައި ރައީސް ސާލިހާއި އެމަނިކުފާނާއި ދެމެދު އުފެދުނު ބޮޑު މައްސަލަގަނޑަކަށްފަހުއެވެ.
މިއަހަރުގެ ޖެނުއަރީމަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ގެންދެވީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވަައިގެން މަސަައްކަތް ކުރައްވަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފެށީ އެ މަސައްކަތުގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު