މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރުގައި ނަގާފައި ހުންނަ ޤައުމީ ދިދަ ތިރިކުރަން އުޅުމުގެ ތެރޭގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާ ވެފައިވަނީ ދާރުލްއާސާރުގައި ސެކިއުރިޓީ ބަލަހައްޓާ ބިދޭސީއެކެވެ. އަދި އެކަން ހިނގަން މެދުވެރިވީ މިއަދު އިރުއޮއްސި 6:00 ޖެހުމުން ދިދަ ތިރިކުރުމުގެ މަސައްކަތް ކުރަން ގޮނޑިއަކަށް އަރައިގެން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުމުންނެވެ. ކައްސާލައިގެން ވެއްޓުުނުު ވަގުތު އޭނާގެ ކަރަށް އެއްޗެއް ހެރިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ހާދިސާގެ މާބޮޑު ތަފްސީލްތަކެއް ނުލިބުނަސް އަނިޔާ ލިބުނު މީހާގެ ސާޖަރީޢެއް ހެދުމަށްފަހު އައިސީޔޫގައި ފަރުވާދެމުންދާަމަށް މައުލޫމާތު ލިބެއެވެ.
މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތަކުން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު